ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ތާރީޚް:

04 ޖުލައި 2021

ނަންބަރު:

(IUL)401-E/401/2021/265

24 ޛުލްޤަޢިދާ 1442

އިޢުލާނުގެ ވަނަ:

1

ބިން ކުއްޔަށް ދޫކުރުން

 

ލ. ފޮނަދޫ އިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރެއިން މިވަގުތު ހުސްކޮށްހުރި ތިރީގައިމިވާ ބިންތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯޒލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑައަގަކީ އަކަފޫޓަކަށް 1.10ރ އެވެ.

 

#

*ބިމުގެ ނަންބަރު

ބިމުގެ ނަން / ބިން އޮތްތަން

ކުއްޔަށްދޭ ބޭނުން

ބިމުގެ ބޮޑުމިން

1

J-1

 

ޖައިކާވެހި ބިމުގެ ހުޅަނގުބައި

(ބޮޑުތަކުރުފާނުމަގާއި ޖައިކާމަގާއި ގުޅުނު ކަންމަތި)

ގަރާޖު ހިންގުމަށް، ސްޕެއަރޕާޓްސް ވިއްކުންފަދަ ވެހިކަލްތަކާ ގުޅުންހުރި ވިޔަފާރި

"10'90×'39

ޖުމްލަ: 3542.5 އަކަފޫޓް

2

J-2

 

ޖައިކާވެހި ބިމުގެ މެދުބައި

(ޖައިކާވެހި 1 ގެ އިރުމަތި ފަރާތުގައި)

ގައު އެޅުމާއި ކޮންސްޓްރަކްޝަންއާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް

"6'90×'69

ޖުމްލަ: 6244.5 އަކަފޫޓް

3

J-3

 

ޖައިކާވެހި ބިމުގެ އިރުމަތިބައި

(ޖައިކާވެހި 2 ގެ އިރުމަތި ފަރާތުގައި)

އާންމު އެހެނިހެން ވިޔަފާރި ހިންގުމަށް

"6'90×'22

ޖުމްލަ: 1991 އަކަފޫޓް

4

O-4

އުތުރުކޮޅުގައި ހުންނަ އުރީދޫ އެންޓަނާގެ އުތުރުން އޮންނަ 4 ނަންބަރު ބިން

(އުތުރުކޮޅުގައި ހުންނަ އުރީދޫ އެންޓަނާކައިރި)

ކާޕެންޓްރީ ހިންގުމަށް

'40×'30

ޖުމްލަ: 1200 އަކަފޫޓް

5

19

19 ނަންބަރު ބިން

(ޝަހީދުޢަލީމަގުގެ ދެކުނުފަޅީގައި 14 ނަންބަރު ބިމުގެ ހުޅަނގުން)

އާންމު އެހެނިހެން ވިޔަފާރި ހިންގުމަށް

ޖުމްލަ: 2000 އަކަފޫޓް

6

21

21 ނަންބަރު ބިން

(ޝަހީދުޢަލީމަގުގެ ދެކުނުފަޅީގައި 19 ނަންބަރު ބިމުގެ ހުޅަނގުން)

އާންމު އެހެނިހެން ވިޔަފާރި ހިންގުމަށް

ޖުމްލަ: 2000 އަކަފޫޓް

7

23

23 ނަންބަރު ބިން

(ނަފާގޯޅީގެ އުތުރުފަޅީގައި 22 ނަންބަރު ބިމުގެ ހުޅަނގުން)

އާންމު އެހެނިހެން ވިޔަފާރި ހިންގުމަށް

ޖުމްލަ: 2150 އަކަފޫޓް

 

ބީލަމުގައި ރަޖިސްޓްރީވުން

  • މިބިންތަކަށް އެދި ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
  • ރަޖިސްޓްރީ ވުމަށްޓަކައި 'ބީލަމުގައި ރަޖިސްޓްރީވާ ފޯމް' ފުރިހަމަ ކުރުމަށްފަހު މިކައުންސިލަށް ހުށަހަޅާ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ. ބިޑު ޑޮކިއުމެންޓް އަގަކީ ބިމަކަށް -/150ރ އެވެ.
  • ބީލަމުގައި ރަޖިސްޓްރީވާ ފޯމް ބަލައިގަތުމާއި ބިޑު ޑޮކިއުމެންޓަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ  05 ޖުލައި 2021 (ހޯމަ) ދުވަހުން ފެށިގެން އިން 18 ޖުލައި 2021 (އާދީއްތަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 12:00 އަށް ފޮނަދޫ ކައުންސިލްގެ އިދާރާއަށެވެ.

މި މުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށްފަހު ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތައްވެސް ބީލަމުގައި ރަޖިސްޓްރީކޮށްދެވޭނެއެވެ. 

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • ބިންތައް ކުއްޔަށްދިނުމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ.
  • އިތުރަށް މަޢުލޫމާތު [email protected] އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން / ބިން ކުއްޔަށް ހިފުމަށް އެދޭފޯމާއި ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ 20 ޖުލައި 2021 (އަންގާރަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ޕްރޮޕޯޒަލްތައް ބަލައި ނުގަނެވޭނެއެވެ.
  • ޕްރޮޕޯޒަލް އާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީ އުރައިގެ ބޭރުގައި އިޢުލާނު ނަންބަރާއި ކުއްޔަށް ހިފުމަށް އެދޭ ބިމުގެ ނަންބަރު ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ،
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 20 ޖުލައި 2021 (އަންގާރ) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

 

 

 

 

 

 

04 ޖުލައި 2021
ހޯދާ