މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

                  ހިންމަފުށީ ޕްރީސްކޫލަށް ވަގުތީގޮތުން ޓީޗަރަކު ހޯދުމަށް ބޭނުން ވެއެވެ.

މަޤާމް:               ޕްރީސްކޫލް ޓީޗަރ ( ރިލީފް )

ބޭނުންވާ ޢަދަދު:          1

ވަޒީފާ އަދާކުރަންޖެހޭތަން:     ހިންމަފުށީ ޕްރީސްކޫލް

މުސާރަ:               4465.00 ރުފިޔާ

ސާރވިސް އެލަވަންސް:       1500.00 ރުފިޔާ

މުއްދަތު:               6 މަސް ދުވަހުގެ މުއްދަތަށް

މަޤާމް ޝަރުތުތައް :

  • ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.
  • ކިޔަވައިދިނުމުގެ ރޮގުން ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.
  • އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރައިން ސެޓްފިކެޓެއް ޙާޞިލް ކޮށްފައިވުން.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-  ހިންމަފުށީ ޕްރީސްކޫލް ހިންގާ ޤަވާޢިދުގައިވާ ގޮތުގެމަތީން ޕްރީސްކޫލްގެ މުޤައްރަރާއި އެއްގޮތަށް ދަރިވަރުންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުން.

2-  ހިންމަފުށީ ޕްރީސްކޫލްގެ ރަސްމީ ޓީޗަރުން ގަޑި ނަންގަވައިދެއްވާއިރު ކްލާހުގައި އެހީތެރިކަން ދިނުމާއި ސްކޫލުން ފާހަގަކުރާ ޙަރަކާތްތަކުގައި ބައިވެރިވުން.

3-  ދަރިވަރުންގެ ޢުމުރާއި ގުޅޭގޮތަށް ކަނޑައެޅޭ މުޤައްރަރެއްގެ ދަށުން ޤުރުއާން ގަޑިތައް ނަގައިދިނުމާއި ޢަރަބިބަހުން ޢުމުރާއި ގުޅޭގޮތަށް މީހުންނާއި މުޢާމަލާތު ކުރަން ދަސްކޮށްދިނުން.

4-  ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗިންގ އެއިޑްސް ތައްޔާރުކުރުމާއި ކްލާހުގައި އެތަކެތި ބޭނުންކުރުން.

އިންޓަރވިއު އޮންނާނެތަނާއި، މުއްދަތު:

    (ހ) މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަރވިއު ކުރުން އޮންނާނީ ކ. ހިންމަފުށީ ކައުންސިލްގެ އިދާރާގަ އެވެ.

    (ށ) އިންޓަވިއު ކުރުން އޮންނާނެ ތާރީޚް އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

    (ހ) ވަޒީފާއަށް އެދޭ ފޯމާއި ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަކުރެއްވުމަށްފަހު 12 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ހިންމަފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރައާއި އިނާޔަތްތައް:

            ރަމަޟާން މަހުގެ މުނާސަބަތުގައިދޭ އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ ޤަވާޢިދުގެ މަތީން އިތުރުގަޑީގެ ފައިސާ ލިބޭނެ އެވެ. 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަންފޯމް ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްގެ އިދާރާއިންނެވެ. )

2-   ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިއުންތައް.

3-   މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތައް.

4-   ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

5-   ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިއުންތައް ކިޔަން އެގޭފަދަ ކޮޕީ.

 ނޯޓް: މިވަޒީފާއަކީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.     

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޖުލައި 2021
ހޯދާ