ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ބޮޑު ދިއްގައިގަހާއި ބައެއް ގަސްގަހުގެ ބޮޑެތި ގޮފިތައް ނީލަންކިޔުން:

މިސުކޫލުގެ ސީ ބްލޮކް ޢިމާރާތާއި ބީ ބްލޮކް ޢިމާރާތާއި ދޭތެރޭ، ސްކޫލް ގޯތީގެ އިރުމަތީގައިހުރި ބޮޑު ދިއްގައި ގަހަކާއި ސްކޫލް ގޯތީގައި ހުރި ބައެއް ގަސްގަހުގައި ދަތިވާގޮތަށްހުރި ބައެއް ބޮޑެތި ގޮފިތައް ނީލަންކިޔުމަށް ވަނީ ހަމަޖެހިފައެވެ. މިނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2021 ޖުލައި 13 ވާ އަންގާރަދުވަހުގެ ހަވީރު 04:30 އަށް ސްކޫލަށް ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.

މި ނީލަމުގައި ބައިވެރިވެ ތަކެތި ނަންގަވާ ފަރާތްތަކުން ނީލަން ނިމޭތާ 01 ގަޑިއިރު ތެރޭގައި ފައިސާ ދައްކަވައި ގިނަވެގެން 3 ދުވަސްތެރޭ ތަކެތި ގެންގޮސް ބިން ސާފުކުރައްވަންވާނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

05 ޖުލައި 2021
ހޯދާ