މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Self-Finance Scheme for Foreign Students / India 2021/2022

Self-Finance Scheme for Foreign Students / India 2021/2022

ޑިޕްލޮމާ

ބެޗްލަރސް ޑިގްރީ

ކޯހުގެ ފެންވަރު:

* ޑިޕްލޮމާ އިން އިންޖިނިއަރިންގ

* ޑިޕްލޮމާ އިން ފާމަސީ

* އެމްބީބީއެސް / ބީޑީއެސް

* ބެޗްލަރ އޮފް އިންޖީނިއަރިންގ

* ބެޗްލަރ އޮފް އާރކިޓެކްޗަރ

* ބެޗްލަރ އޮފް ފާމަސީ

ކޯހުގެ ދާއިރާ

އިންޑިއާ

ޤައުމު:

ޑިޕްލޮމާގެ ޝަރުތު:

1. ޑިޕްލޮމާ އިން އިންޖީނިއަރިންގ ކޯހަށް ހުށަހަޅުއްވާ ފަރާތްތަކުން ތިރީގައިވާ ޝަރުތުތައް ފުރިހަމަވާން ވާނެއެވެ.

ހ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ ފިޒިކްސް، ކެމިސްޓްރީ، ހިސާބު އަދި އިތުރު 02 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.

ށ. ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި ހިސާބު، މި 03 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.

ނ. "ހ" ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ:

-  CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

-  IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

-  TOEFL 550 އިން ފެށިގެން މަތި.

-  ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

 2. ޑިޕްލޮމާ އިން ފާމަސީ ކޯހަށް ހުށަހަޅުއްވާ ފަރާތްތަކުން ތިރީގައިވާ ޝަރުތުތައް ފުރިހަމަވާން ވާނެއެވެ.

ހ.  ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ ފިޒިކްސް، ކެމިސްޓްރީ، ބައޮލޮޖީ އަދި އިތުރު 02 މާއްދާއިން 'ސީ' އިން ފެށިގެން  މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.

ށ. ޖީ.ސީ.އީ އޭ ލެވެލް ސައިންސް ސްޓްރީމްގެ 03 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.

ނ. "ހ" ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ:

-  CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

-  IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

-  TOEFL 550 އިން ފެށިގެން މަތި.

-  ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

 

ބެޗްލަރސް ޑިގްރީގެ ޝަރުތު:

1. އެމް.ބީ.ބީ.އެސް ، ބީޑީއެސް އަދި ބެޗްލަރ އޮފް ފާމަސީ ކޯހަށް ހުށަހަޅުއްވާ ފަރާތްތަކުން ތިރީގައިވާ ޝަރުތުތައް ފުރިހަމަވާން ވާނެއެވެ.

ހ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިހާނުގެ ބައޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް އަދި އިތުރު 2 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.

ށ. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ ބައޮލޮޖީ، ކެމިސްޓްރީ އަދި ފިޒިކްސް، މި 03 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. 

ނ. "ހ" ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ:

-  CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

-  IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

-  TOEFL 550 އިން ފެށިގެން މަތި.

-  ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ރ.  އެމް.ބީ.ބީ.އެސް އަދި ބީޑީއެސް އަށް ކުރިމަތިލާ ފަރާތްތަކުން "ނީޓް" (NEET) އެގްޒާމްއިން ފާސްވެފައިވުން ނުވަތަ "ނީޓް" އެގްޒާމްގައި މިއަހަރު ބައިވެރިވުމަށް ރަޖިސްޓްރީވެފައިވުން.

 

2. ބެޗްލަރ އޮފް އިންޖީނިއަރިންގ އަދި ބެޗްލަރ އޮފް އާރކިޓެކްޗަރ އަށް ހުށަހަޅުއްވާ ފަރާތްތަކުން ތިރީގައިވާ ޝަރުތުތައް ފުރިހަމަވާން ވާނެއެވެ.

ހ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ ފިޒިކްސް، ކެމިސްޓްރީ، ހިސާބު އަދި އިތުރު 02 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.

ށ. ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުގެ ފިޒިކްސް، ކެމިސްޓްރީ އަދި ހިސާބު، މި 03 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.

ނ. "ހ" ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ:

-  CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

-  IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

-  TOEFL 550 އިން ފެށިގެން މަތި.

-  ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ރ. ބެޗްލަރ އޮފް އާރކިޓެކްޗަރ އަށް ކުރިމަތިލާ ފަރާތްތަކުން "އެޕްޓިޓިއުޓް ޓެސްޓް" އިން ފާސްވެފައިވުން ނުވަތަ "އެޕްޓިޓިއުޓް ޓެސްޓް" ގައި މިއަހަރު ބައިވެރިވުމަށް ރަޖިސްޓްރީވެފައިވުން.

 

 އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1.ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެފަހުގެ އެހީއަށްފަހު، މިއިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 (ދޭއް) އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 (އެކެއް) އަހަރު

2. މި މިނިސްޓްރީ ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑިޕޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން

4. އަޕްލޯޑުކުރެވިފައިވާ ކޯހުގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

 

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވަން ޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4. "ނީޓް އެގްޒާމް" ގެ ނަތީޖާ ނުވަތަ ބައިވެރިވެފައިވާކަމުގެ ލިޔުން (އެމްބީބީއެސް / ބީޑީއެސް އަށް ކުރިމަތިލާ ދަރިވަރުން)

5. "އެޕްޓިޓިއުޓް ޓެސްޓް" ގެ ނަތީޖާ ނުވަތަ ބައިވެރިވެފައިވާކަމުގެ ލިޔުން (ބެޗްލަރ އޮފް އާރކިޓެކްޗަރ އަށް ކުރިމަތިލާ ދަރިވަރުން)

6. "ސެލްފް ފައިނޭންސް ސްކީމް ފޮރ ފޮރިން ސްޓޫޓެންޑްސް" ގެ އެޕްލިކޭޝަން ފޯމާއި އެފޯމްގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި، އެލިޔުންތަކުގެ އިތުރުން މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑުކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް.

7. ކޯހާއި ގުޅޭގޮތުން އަޕްލޯޑުކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާގުޅޭ ލިޔުން

8. ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން

9. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް

10. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން

11. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން

ހުށަހަޅަންޖެހޭ ތަކެތި

 

- ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު ޝީޓްއާއި ޑިގްރީއަށް ކުރިމަތިލެވޭ ޔުނިވަރސިޓީތަކުގެ ލިސްޓް މި އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑުކުރެވިފައި ވާނެއެވެ.

- މި ފުރުޞަތުތަކުގެ ދަށުން ކޯސް ފުރިހަމަކުރުމަށް ހޭދަވާ ހުރިހާ ޚަރަދެއް ކުރަންޖެހެނީ ކެންޑިޑޭޓުން އަމިއްލައަށެވެ.

- މިސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެއެވެ. އަދި ފައިނަލް ސިލެކްޝަން ހައްދަވާނީ ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުންނެވެ.

- މި ފުރުޞަތުތަކުގެ ދަށުން ތަޢުލީމު ހާސިލުކުރެވޭނެ މެޑިކަލް އަދި ޑެންޓަލް ކޮލެޖްތަކުގެ ލިސްޓެއް މި އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑުކުރެވިފައި ވާނެއެވެ. (އެމް.ބީ.ބީއެސް އަދި ބީޑީއެސްއަށް އެޕްލައިކުރާ ފަރާތްތަކުން، އެޕްލައިކުރާ ޔުނިވަރސިޓީއަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (އެމްއެމްޑީސީ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯ ކަށަވަރުކުރެއްވުން އެދެމެވެ.

- މި ކޯހަށް ނޮމިނޭޓްވާ ކެންޑިޑޭޓުން މި މިނިސްޓްރީން އެންގުމުން މިމިނިސްޓްރީގެ މައިއެޑިއު ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް 13 ޖުލައި 2021 ވަނަ ދުވަހު މި މިނިސްޓްރީއަށް ހުށަހަޅުއްވަން ވާނެއެވެ. ވީމާ، ނޮމިނޭޓްވެއްޖެނަމަ މިލިޔުންތައް ހުށަހެޅުމަށްޓަކައި މިލިޔުންތަކުގެ އަސްލާއެއްގޮތް ކަމަށް އެޓެސްޓެޑް ކޮށްފައިވާ 3 ސެޓާއި 2 ކޮޕީ ސެޓް ހަމަކުރައްވާފައި ބެހެއްޓެވުމަށް ސަމާލުކަން ދެއްވުންއެދެމެވެ.

- "ސެލްފް ފައިނޭންސް ސްކީމް ފޮރ ފޮރިން ސްޓޫޓެންޑްސް" އެޕްލިކޭޝަން ފޯމް

- ތައުލީމީ ސެޓްފިކެޓް

- ޕާސްޕޯޓް ކޮޕީ (ޑޭޓަރ ޕޭޖްއާއި ޕާސްޕޯޓްގެ ފުރަތަމަ 4 ގަނޑު)

- އެންމެ ފަހުން އުޅުނު ސްކޫލުން "ކެރެކްޓަރ ސެޓްފިކެޓް"

- އިނގިރޭސި ބަހުގެ ތަރުޖަމާ ހިމެނޭ ސިޓީ/ރަށު ކައުންސިލުން ދޫކޮށްފައިވާ އުފަންދުވަހުގެ ސެޓްފިކެޓް

- އެސޯސިއޭޝަން އޮފް އިންޑިއަން ޔުނިވަރސިޓީ (AIU) އިން ދޫކުރާ 2+10 އެގްޒަމްއާއި އިކުވިވެލަންޓް ސެޓްފިކެޓް (https://www.aiu.ac.in/evaluation.php)

ނޯޓު: މިމިނިސްޓްރީއިން ނޮމިނޭޓްވެއްޖެނަމަ މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ އިތުރުން މެޑިކަލް ރިޕޯޓެއް ވެސް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެއެވެ.

- މި އިޢުލާނާއި ގުޅިގެން ކޯހަށް ހުށަހަޅުއްވާ ކޮންމެ ކެނޑިޑޭޓަކުވެސް ހުށަހަޅުއްވަންވާނީ އެންމެ ކޯހަކަށެވެ.

-  ކޯހަށް އެދި ހުށަހަޅުއްވާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއް ކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރުގެ ކޯހެއް ފުރިހަމަކުރާ ދަރިވަރަކަށްވެސް ވެގެން ނުވާނެއެވެ.

- ސްޓޫޑެންޓް ލޯނު ސްކީމަށް ހޮވިފައިވާ ކެންޑިޑޭޓަކަށް މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅިދާނެއެވެ.

- އެހެން ސްކޮލަރޝިޕަކަށް ހޮވިފައިވާ ކެނޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

- މި މިނިސްޓްރީ ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑިޕޯލްޓެއް ނެތި އެލޯނެއް ގަވާއިދުން އަނބުރާ ދައްކަމުންދާ ފަރާތަކަށް ފުރުޞަތު ދެވޭނީ، ޑިފޯލްޓެއްނެތި ގަވާއިދުން ލޯން ދައްކާ ފަރާތްތަކުގެ ތެރެއިން، ކުރިން ކިޔެވި ލެވަލްއަށްވުރެ މަތީ ލެވަލްއެއްގެ ކޯހެއް ކިޔެވުމަށާއި، އަދި ކޯހުގައި ކިޔަވާ މުއްދަތުގައިވެސް، ގަވާއިދުން ލޯނު ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަން ލިޔުމުން ހުށަހަޅާ ފަރާތްތަކަށެވެ.

- އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

- ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ.

- ކިޔެވި ޔުނިވަރސިޓީން ސެޓްފިކެޓް ދޭ ދުވަސް ޖެހުމުގެ ކުރިން ބޭނުން ކުރެއްވުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ ލިޔުމެއް ސެޓްފިކެޓްގެ ބަދަލުގައި ހުށަހަޅާނަމަ، އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ.

- މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ކެންޑިޑޭޓަކަށް ހޯދައެއްނުދެވޭނެއެވެ.

- ކޯހަށް ހޮވޭ ފަރާތްތަކާއި މި މިނިސްޓްރީއާއިމެދު ވެވޭ އިޤްރާރާއި އެއްގޮތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރަންވާނެއެވެ.

- ކޯހަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 (ހައެއް) މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

- ކޯހަށް ނޮމިނޭޓްވެއްޖެކަން މިމިނިސްޓްރީން އަންގާފަހުން ކޯސް ދޫކޮށްލައިފިނަމަ، "މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

- އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

- "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

- އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

- ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިންމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިން ކްރައިޓީރިއާއި، ނޭޝަނަލް ޓްރެއިނިންގް ނީޑްސް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓްގެ ރިސޯސަސް ޓެބުން ލިބެން ހުންނާނެއެވެ.

އިތުރު      މަޢުލޫމާތު:

ސުންގަޑި: 12 ޖުލައި 2021 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026941 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.  އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

04 ޖުލައި 2021
ހޯދާ