މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުގެ އެތެރެއަށް ބަދަލުގެނެސް އިތުރު ކޯޓްރޫމްއަކާއި، މެޖިސްޓްރޭޓް މަސައްކަތްކުރާ ކޮޓަރިއެއް ހެދުން

ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އެކޯޓުގެ އެތެރެއަށް ބަދަލުގެނެސް އިތުރު ކޯޓްރޫމްއަކާއި، މެޖިސްޓްރޭޓް މަސައްކަތްކުރާ ކޮޓަރިއެއް ހެދުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު އެކޯޓުގެ ނަންބަރު H12C-A/2021/5 (15 ޖޫން 2021) އިޢުލާނަށް އެއްވެސް ފަރާތަކުން ރަޖިސްޓްރީ ކޮށްފައިނުވާތީ އެ އިއުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ޖުލައި 13 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިފަރާތްތަކުން، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2021 ޖުލައި 14 ވާ ބުދަ ދުވަހުގެ 13:30 އަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ކަރުދާހުގައި ވާގޮތުގެމަތިން 2021 ޖުލައި 15 ވާ ބުރާސްފަތި ދުވަހުގެ 12:00އަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާންޖެހޭ ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމެއް ނޯންނާނެއެވެ. އަދި ހުށަހަޅަންޖެހޭ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ މަޢުލޫމާތު ޝީޓްގެ 3 ވަނަ ޕޮއިންޓުގައިވާ ބީލަމަށް ކުރިމަތިލެވޭ ފަރާތްތަކުގައި ހުންނަޖެހޭ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. މަޢުލޫމާތު ޝީޓް، ކުރެހުން އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖުލައި 14 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected] ފޮނުއްވުން އެދެމެވެ.

04 ޖުލައި 2021
ހޯދާ