މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލް އިދާރާގެ ކަންކަން ހަރުދަނާގޮތަކަށް ހިންގުމަށްޓަކައި، އިންފޯރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮންސަލްޓަންޓަކު ހޯދުމަށް

މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ކަންކަން ހަރުދަނާގޮތަކަށް ހިންގުމަށްޓަކައި، މިއިދާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން، ލަނޑުދަނޑިތައް ހާސިލުކުރުމަށް އައި.ޓީ ރޮނގުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި އެކަމަށް ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމަށްޓަކައި އިންފޯރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

 

ފެންވަރު ނުވަތަ ޝަރުޠު:

މިމަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރެންސް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

އެޕްލިކޭޝަން ހުށަހެޅުން:

ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކުން، ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވާންވާނެއެވެ. ބަދަލުގައި އަންނަ ނަމަ ހުށަހަޅާ ފަރާތުގެ ހުއްދަ ލިބިފައިވާ ކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. މިބައްދަލުވުމަށް ހާޒިރުނުވާ ފަރާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މި ބައްދަލުވުން އޮންނާނީ 12 ޖުލައި 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނު މަގު،މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށިގައެވެ.

 

 

އެޕްލިކޭޝަންއާއި އެކު ހުށަހަޅުއްވަން ޖެހޭ ލިޔެކިޔުން:

  • އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  • ސީ.ވީ
  • އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓް
  • މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނެ ރެފެރަންސް ލެޓަރތަކުގެ ކޮޕީ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ  

 

 

ކޮންސަލްޓަންޓަކު ހޮވުން:

މިމަސައްކަތް ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ޓާރމްސް އޮފް ރިފަރެންސްގައިވާގޮތުގެމަތީން ޓެކްނިކަލް އިވެލުއޭޝަން ހެދުމަށްފަހު އޭގެތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތަކަށެވެ. މިމަސައްކަތަށް ހޮވޭ ފަރާތުން ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކުގެ އަސްލާއެއްގޮތްކަމުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

މިމަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރުން:

މައުލޫމާތު ޝެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 06 ޖުލައި 2021 އަންގާރަ ދުވަހުގެ 11:00 ގައި ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ ގައެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑި ޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކުން، ގަޑިއަށް ހާޒިރުވާންވާނެއެވެ.

 

ނޯޓް:

  • މިއިޢުލާނާއި އެކު ޓާރމްސް އޮފް ރިފަރެންސް އެޓޭޗްކުރެވިފައިވާނެއެވެ.

 

 

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ހުށަހެޅުއްވުން އެދެމެވެ.

 

 

  • ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށް:

-          ޕްރޮކިއުމަންޓް ސެކްޝަން

-          މާލޭ ސިޓީ ކައުންސިލްގެ އިދާރާ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ / 4 ވަނަ ފަންގިފިލާ)

-          އަމީނީމަގު، މާލެ، ދިވެހިރާއްޖެ

-          ފޯން: 3323902

-          އީމެއިލް: [email protected]

03 ޖުލައި 2021
ހޯދާ