ދިވެހިރާއްޖެ
ކޮވިޑް 19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 23-L/426/2021/15 (02 ޖުލައި 2021) ސިޓީން އައްޑޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދިނުން ރަނގަޅު ކަމުގައި ދަންނަވާފައިވެއެވެ. އެގޮތުން ލުއިދިނުން ރަނގަޅު ކަމުގައި ދަންނަވާފައިވަނީ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު (IUL)426-AB/426/2021/206 (25 ޖޫން 2021) އިޢުލާނުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަށެވެ. އައްޑޫ ސިޓީ ހިތަދޫ ފިޔަވައި އެހެން އަވަށްތަކުގައި (މަރަދޫ،މަރަދޫފޭދޫ،ފޭދޫ) މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އަންނަނިވި ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމަވާފައިވެއެވެ. އެގޮތުން؛
- ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ގާޑިޔާތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުނުން ހެނދުނު 08:00 އިން ރޭގަނޑު 10:00 އާ ހަމައަށް ޓެކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތްދިނުމަށް ހުއްދަދިނުން.
- ފިހާރަތަށް ހުޅުވައިގެން ހެނދުނު 06:00 އިން ފެށިގެން ރޭގަނޑު 09:00 އަށް ޚިދުމަތްދިނުމަށް ހުއްދަދިނުން، އަދި ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީކުރުމަށް ފިހާރަތަކަށް ހުއްދަދިނުން.
- މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުމަށް ހުއްދަދިނުން. އަދި؛
އައްޑޫ ސިޓީ ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އަންނަނިވި ފިޔަވަޅުތަކަށް ލުއި ދިނުމަށް ފެންނަކަމަށް ވެސް ނިންމަވާފައި ވެއެވެ.
- އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވަގުތަކީ ރޭގަނޑު 09:00 އިން ފަތިހު 04:00 ކަމުގައި ހަމަޖައްސައި، މިވަގުތު ތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
- މިސްކިތްތަކުގައި ނަމާދުކުރުމަށް ހުއްދަދިނުން (ޖަމާޢަތުގައި ނަމާދުކުރުން ނުހިމެނޭގޮތަށް).
- ފިހާރަތަށް ހުޅުވައިގެން ހެނދުނު 06:00 އިން ފެށިގެން ރޭގަނޑު 09:00 އަށް ޚިދުމަތްދިނުމަށް ހުއްދަދިނުން، އަދި ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީކުރުމަށް ފިހާރަތަކަށް ހުއްދަދިނުން.
- ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ގާޑިޔާތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުން ހެނދުނު 08:00 އިން ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީގެ ޚިދުމަތްދިނުމަށް ހުއްދަދިނުން. އަދި ކާފިއު ނޫން ވަގުތުތަކުގައި ޓޭކްއަވޭއަށް ހުއްދަދިނުން.
މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ދަންނަވަމެވެ.
22 ޛުލްޤަޢިދާ 1442