ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓި އޮފް ހެލްތް ސައިންސަސް އޮޑިޓޯރިއެމްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ

އިޢުލާން

 

                                                                                                                                                        ނަންބަރު:MNU-CA-FM/2021/21

 

 ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ފެކަލްޓި އޮފް ހެލްތް ސައިންސަސް އޮޑިޓޯރިއެމްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް  ކޮށްދެއްވާނެ  ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.


 

       ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓި އޮފް ހެލްތް ސައިންސަސް  އޮޑިޓޯރިއެމްގެ އާބާތުރަ ފިލުވުމަށް ތިރީގައި ބަޔާން ކުރެވިފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދުން.

(1) ސައުންޑް އެބްޝޯބްޝަން އެކޯސްޓިކް ޕެނަލް ބޯޑްތަކެއް ލަކުޑި ޕްރޭމް ބޭނުންކޮށް ހަދައި ހަރުކުރުން.

(2) އޮޑިޓޯރިއަމް ގެ ސްޓޭޖާއި ވީ ކޮޅުގައި ހުރިސީލިންގް ތިރިކޮށް ސީލިންގްއެއް ބޯރަލް ފިލާ ބޭނުންކޮށްގެން އެލްމިނިއަމް ފަތިން ފްރޭމްހަދާ ހަރުކުރުމާއި އަދި ސީލިންގ ގައި ޕްރޮޖެކްޓަރ ސްކްރީން އެއް ހޯދާ ހަރުކުރުން.

(3) ސިޑިބަރިއާއި ދިމާލުގައި އަރަން ސިޑި ތަކެއް ހެދުން.

(4) މިއޮޑިޓޯރިއަމްގެ ލައިޓްތައް ދެވޭ ކުރެހުމާއި އެއްގޮތަށް ބަދަލުކުރުން.

(5) ކުރަންހުރި އެހެނިހެން މަރާމަތުގެ މަސައްކަތް ކުރުން.

މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން.

             މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ  07 ޖުލައި  2021 ވާ  ދުވަހުގެ މެންދުރުފަހު  13:30 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ / ފެކަލްޓީ އޮފް ހެލްތް ސައިންސަސް، ހަނދުވަރީ ހިނގުން، މާލޭގައެވެ. ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. 

ބީލަން ބަލައިގަތުން

              ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ  14 ޖުލައި  2021  ވާ  ދުވަހު 13:30 ގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ މަރުކަޒީ އިދާރާ  ރައްދެބައިހިނގުން، މާލެ ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

              ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

               މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުއްވާނީ.

  • 3345192 ،3345134

               އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

ނޯޓް:
              ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ.  މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.

 

30  ޖޫން  2021                 

                                                                                                                                  

30 ޖޫން 2021
ހޯދާ