މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
"ނޫކަށި ފަންނު" ޕްރޮގްރާމް އާއި ގުޅޭ

                         އިޢުލާން

"ނޫކަށި ފަންނު" ޕްރޮގްރާމް

ޒުވާނުންގެ ޤައުމީ މަޖިލީހުން އިސްނަގައިގެން މިމިނިސްޓްރީއާއެކު "ނޫކަށި ފަންނު" ގެ ނަމުގައި ވާޗުއަލް ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ދުނިޔެއަށް ކުރިމަތިވެފައިމިވާ ޢާލަމީވަބާގެ ސަބަބުން ދިވެހިރާއްޖޭގެ ޙާލަތު އިތުރަށް ގޯސްވެފައިވާ މިދަނޑިވަޅުގައި ގިނަ ވަގުތުތަކެއް ގޭތެރޭގައި ހޭދަކުރަން ޖެހިފައިވާތީ އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ އިޖުތިމާޢީ ނުތަނަވަސްކަން ފިލުވައިދީ ހިތްހަމަޖައްސައި ދިނުމާއެކު ޕާފޯމިންގ އާޓްސްއަށް ޝައުޤުވެރިކަން ހުރި ބޭފުޅުންނާއި އަދި ޕާފޯމިންގ އާޓްސް ބެލުމަށް ޝަޢުޤުވެރިކަން ހުންނަ ބޭފުޅުންނަށް އެކަމުގެ ފުރުޞަތު ތަނަވަސްކޮށްދީ އެ ދާއިރާއިން ކުރިޔަށް ދިޔުމަށް މަގުފަހިކޮށްދިނުމެވެ. ހަފްތާއެކު އެއްފަހަރު ގެނެސްދޭ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ ފަންނާނުން ގޫގްލް ފޯމް ލިންކް: https://forms.gle/fGN8UTxGFyA5SqFN8  މެދުވެރިކޮށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

30 ޖޫން 2021
ހޯދާ