މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ( ލީގަލް އޮފިސަރ)

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: IUL)427-OPR/1/2021/19)

ތާރީޚް: 30 ޖޫން 2021

 


މަޤާމު

ލީގަލް އޮފިސަރ

 

ޢަދަދު

1

 

 

މަސައްކަތްކުރަންޖެހޭ ތަން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން / ކ.މާލެ

ކްލެސިފިކޭޝަން: ލީގަލް އޮފިސަރ ގްރޭޑް 1

 

ސެކްޝަން

ލީގަލް އެންޑް ލައިސަންސިންގ

 

އަސާސީ މުސާރަ:

7000/- ރުފިޔާ

 

އެލަވަންސް:

- ނޮންޕްރެކްޓިސް އެލަވަންސް: -/3000 ރުފިޔާ

-ލިވިންގ އެލަވަންސް: -/2500 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ  މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

- މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

 

އަސާސީ ޝަރުޠު

  1. މިދާއިރަ އައި ގުޅޭ ފީލްޑަކުން  ޑިޕްލޮމާ ޙާޞިލް ކޮށްފައިވުމާއި އެދާއިރާއިން މަދުވެގެން 3  އަހަރު  ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މިދާއިރާ އާ ގުޅޭ ފީލްޑަކުން ޑިގްރީ ހާޞިލު ކޮށްފައިވުން
  2. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.

 

 

 

އެހެނިހެން ޝަރުޠު

ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ޤާނޫނީ ގޮތުން ކޮމިޝަނަށް ލަފާދިނުން
  2. ކޮމިޝަނުން ދަޢުވާ ކުރާ މައްސަލަތާކާއި ކޮމިޝަނަށް ރައްދުވާ މައްސަލަތަކުގައި  ކޯޓުތަކާއި ޓްރައިބިއުނަލް ތަކުގައި  ކޮމިޝަން ތަމްސީލްކުރުން 
  3. ސެކްޝަނުން ފޮނުވަން ޖެހޭ ސިޓީތައް ތައްޔާރުކޮށް ފޮނުވަން ޖެހޭ ފަރާތްތަކައް ފޮނުވުމުގެ އެންމެހާ މަސައްކަތް ކުރުން
  4. ކޮމިޝަނުގެ ހުރިހާ ޑިޕާޓްމަންޓް ތަކަށް ގާނޫނީ ގޮތުން  އެހީތެރިކަން ފޯރުކޮށްދިނުން
  5.  ކޮމިޝަންގެ ހިންގާގަވާއިދުތަކާއި އުސޫލުތަކާއި "ޕްރޮސެސް އެންޑްޕްރޮސީޖަރޒް" އެކުލަވާލުމުގައި ގާނޫނީ ލަފާދިނުން
  6. ކޮމިޝަން މެނޑޭޓްގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިޕްރޮގްރާމްތައް ރާވާ ވެރިންގެ ލަފަޔާއިރުޝާދުގެ ދަށުން ހިންގުން
  7. ކޮމިޝަނުން ބަލާނިންމާ  ޝަކުވާ ތަކުގެ  މަޢުލޫމާތު ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ވެބްސައިޓުގައި  ޝާއިއު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުން
  8. ކޮމިޝަނަށްގެ ތަސައްވަރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރި ވެދިނުން
  9. ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅުންހުރި ކަންކަމުގައި އެހީތެރިވެދިނުން

 

 

ތަޢުލީމީ ރޮނގު

ލީގަލް

 

ހުށަހަޅަންޖެހޭ ތަކެތި

 

 

 

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަޞްލު)
  3. ދައުލަތުގެ އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެމަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާ އަދި އަދާކޮށްފައިވާ ވަޒީފާތަކުގެ ރެފަރީސް)

 

ސުންގަޑި

13 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ  13:30ގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު

 

 

-  މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި، ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.

-   މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:3334317/3334333

-  އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، ގ. ބިއްލޫރިޖެހިގެ 3 ވަނަ ފަންގިފިލާ، މަޖީދީ މަގު.

- އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް:  [email protected]

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

-  އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދަންނަވަމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮންޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

35%

މަސައްކަތުގެ ތަޖްރިބާ

20%

އިންޓަވިއު

45%

 

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

-  ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.

-   އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.

-   ލީޑަރޝިޕްގެ ހުނަރު  ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން ޓީމު ލީޑަރެއްގެ ގޮތުގައި މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.

-   މަސައްކަތްތައް  ރާވައި އިސްކަންދޭ ތަރުތީބުން އިންތިޒާމްކުރުމުގެ ހުނަރު ލިބިފައިވުން.

-   މައިކްރޮސޮފްޓް އޮފީސް ޕެކޭޖް މަތީ ފެންވަރެއްގައި ބޭނުންކުރަން އެނގުން.

-  ކޮމިޝަނުގެ ހިންގާ ޤަވާޢިދާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، ދައުލަތުގެ އަދި މިނޫންވެސް އެހެނިހެން ޤާނޫނުތަކާއި ގަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.

-  އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ

-  ގުޅުންހުރި ދާއިރާއިން ހާސިލްކޮށްފައިވާ ތައުލީމާއި، ލިބިފައިވައިވާ ތަޖުރިބާއަށް އިސްކަން ދެވޭނެ،

30 ޖޫން 2021
ހޯދާ