ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުލަބު، ޖަމްޢިއްޔާތަކުގެ މަޢުލޫމާތު ހޯދުން

                  ބާރަށުގައި ރަޖިސްޓްރީކުރެވި މިހާރު ހިނގަމުންދާ ކުލަބު، ޖަމްޢިއްޔާތަކުގެ މަޢުލޫމާތު ހޯދުމަށް ބޭނުންވެއްޖެއެވެ. އެގޮތުން ތިރީގައި މިދަންވާ މަޢުލޫމާތުތައް 07 ޖުލައި 2021 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  1 – ރަޖިސްޓްރީ ކޮޕީ ( އަޞްލާ އެއްގޮތްތޯ ބެލުމަށް އަޞްލު ގެންނައުން )

  2 – ރައީސް، ނައިބު ރައީސްގެ ނަމާއި ދާއިމީ އެޑްރެސް، ގުޅޭނެ ފޯން ނަންބަރު، އީމެއިލް އެޑްރެސް

  3 – ހިންގާ ކޮމިޓީގެ މެމްބަރުންގެ ނަމާއި  ދާއިމީ އެޑްރެސް، މަޤާމް

 

                   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.  

 

                   20 ޛުލްޤަޢިދާ 1442

                   30   ޖޫން  2021

30 ޖޫން 2021
ހޯދާ