މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުފާރު އަދި އިންފާރު ތަޅާލުމާ ގުޅޭ

 

އިޢުލާން

 

މަގުފާރު އަދި އިންފާރު ތަޅާލުމާ ގުޅޭ

 

މިހާރަކަށް އައިސް މި ކައުންސިލްގެ ހުއްދަ ނެތި ބައެއް ތަންތަނުގެ އިންފާރާއި މަގުފާރު ތަޅާ ދޮރުކެނޑުން ފަދަ ކަންކަން ބައެއް ފަރާތްތަކުން ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. މި ކަމަކީ ޤާނޫން ނަންބަރ: 2010/07 ގެ 151 ވަނަ މާއްދާއިން ބާރުލިބިގެން އެމާއްދާގެ (ޒ) ގެ ދަށުން އެކުލަވާލެވިފައި ނަންބަރ: 2013/R-756 "މަގުފާރު އަދި އިންފާރު ތަޅާލުމާބެހޭ ގަވާއިދު ގެ 4، 5، 6 ވަނަ މާއްދާ އާއި ޙިލާފު ކަމެއްކަމުގައި ދަންނަވަމެވެ.

ވީމާ، މި ކައުންސިލުގެ ހުއްދަ ނުހޯދާ މަގު ފާރާއި އަދި އިންފާރު ތަޅާ ދޮރުކެނޑުންފަދަ މަސައްކަތް ނުކުރުމަށް އަންގާ ނަސޭހަތްތެރިވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިޢުލާން ކުރީމެވެ.  

                  21 ޝައްވާލު 1442

02 ޖޫން 2021
ހޯދާ