ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ މެޖިސްޓްރޭޓް ކޯޓު

      ދާންދޫ، ދިވެހިރާއްޖެ.

 

އިޢުލާން

 

ކޮންޓްރެކްޓް އުޞޫލުން މި މަޤާމަށް މީހަކު ހޯދުމަށް ކުރިން ކުރެވުނު ނަންބަރ P5C/2021/03 (02 މެއި 2021) ޢިއުލާން ބާޠިލުކުރުމަށްފަހު ދާއިމީކޮށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާންކުރަމެވެ.

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: P5C/2021/04

ތާރީޚް: 30 ޖޫން 2021

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން

އޮފިސަރ ގރ. 1

ރޭންކް

GS3

އަސާސީ މުސާރަ

4465.00ރ.

މި މަޤާމަށް ލިބޭ އެލަވަންސް

-          ޖުޑީޝަލް އެލަވަންސް: 1562.75ރ. (މުސާރައިގެ %35)

-          ސަރވިސް އެލަވަންސް: 1500.00ރ.

-          ލިވިންގ އެލަވަންސް: 2550.00ރ.

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

-          ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށޫން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. ސާނަވީ ނުވަތަ އެއާއި އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާ އިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއިއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސެޓިފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާ އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައި ވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުން.

 

އެހެނިހެން ޝަރުޠު

  • ވަޒީފާ އަށް އެދި ހުށަހަޅާއިރު 18 އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން، އަދި ވަޒީފާ އިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށް ވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ މެޖިސްޓްރޭޓް ކޯޓު ނުވަތަ އެ ކްލަސްޓަރގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓެއްގެ މުވައްޒަފަކާއި ހުރި ފަރާތެއްކަމުގައި ނުވުން.
  • ދިވެއްސަކު ކަމުގައި ވުން.

މަޤާމުގެ މަސްޢޫލިއްޔަތު

ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ކޯޓުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި އެއާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ލިޔެ ރިކޯޑް ބެލެހެއްޓުން.

  • ފައިސާ ބަލައިގަތުމާއި ޖަމާކުރުން
  • ތިޖޫރީ ބެލެހެއްޓުން
  • ތަކެއްޗާއި ޚިދުމަތުގެ އަގު ބެލުމާއި ކޯޓުގެ ބޭނުމަށް ގަނެ ހޯދަންޖެހޭ ތަކެތި ހޯދުން.
  • ސްޓޮކް ބެލެހެއްޓުން
  • މުވައްޒަފުންގެ މުސާރަ އާއި އިތުރުގަޑީގެ ހިސާބުކިތާބު ލިޔެ ތައްޔާރުކުރުމާއި ރިޕޯޓްތައް ހަދައި ފޮނުވަންޖެހޭ ގަޑިއަށް ފޮނުވުން.
  • ބަޖެޓް ފައިސާގެ ހިސާބު ބަލަހައްޓައި ރިޕޯޓްތައް ހެދުން.
  • ފައިސާ ޚަރަދުކުރުމާއި ގުޅޭ އެންމެހާ ލިޔުންތައް ލިޔެ ފައިލްކޮށް ބެލެހެއްޓުން.
  • ބޭންކް އެކައުންޓުގެ ހިސާބު ބެލެހެއްޓުން.
  • ޝަރުޢީ ހުކުމް ތަކާއި ގުޅިގެން އަންނަ ޖޫރިމަނާ، ދަރަނި، ދަރިންގެ ޚަރަދު، ތަރިކަ ފަދަ އެންމެހާ ފައިސާގެ ހިސާބު ލިޔެ ބެލެހެއްޓުމާއިއެކު ރިކޯޑް ބެލެހެއްޓުން.
  • އިންވެންޓްރީ ބެލެހެއްޓުން.
  • ނީލަން ކިޔުމުގެ މސައްކަތް ކުރުން.
  • ފައިސާގެ މަސައްކަތްތަކާއި ގުޅިގެން ގުޅަންޖެހޭ ފަރާތްތަކާއި ގުޅުން.
  • މީގެ އިތުރުން ވެރިން އަންގާ ވަޒީފާގެ މަސައްކަތާއި ގުޅޭ ކޮންމެ މަސައްކަތެއް ކުރުން.

 

މަސައްކަތް ކުރަން ޖެހޭ ތަން

ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓު

ގުޅޭ ވަޒީފާގެ ދާއިރާތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ، ފަބްލިކް އެކައުންޓިންގ.

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާ އަށް އެދޭ ފޯމުން މި ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
  2. ކުރިމަތި ލާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައި ދޭ ކާޑުގެ ކޮޕީ.
  3. ކުރިމަތި ލާ ފަރާތުގެ ވަނަވަރު.
  4. ވަޒީފާއަށް ކުރިމަތި ލާ ފަރާތްތަކުން ހުށަހަޅަންޖެހޭ މަޢުލޫމާތު ސްލިޕް.
  5. ޖީ.ސީ.އީ އޯލެވެލް އަދި އޭ ލެވެލް ސެޓިފިކެޓް ތަކުގެ ކޮޕީ
  6. ލިބިފައި ވާ މަތީ ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި ކޯސްތައް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  1. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމު ދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  2. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  3. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.
  4. ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން.

ސުންގަޑި

15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

ހުށަހަޅަން ވީ ގޮތް

ދާންދޫ މެޖިސްޓްރޭޓްކޯޓުގެ އީމެއިލް[email protected]  އަށް މެއިލްކުރުން.

ދާންދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ ހުށަހެޅުން.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ މައުލޫމާތު ސްލިޕް މި ކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓުގެ އިތުރުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު 7458987
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެއެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ވަޒީފާ އަށް އެންމެ ޤާބިލް މީހެއް ހޮވުމަށް ބެލޭނެ ކަންތައްތަކާއި ޕޮއިންޓް ދެވޭގޮތް

-          ތަޢުލީމު 30 ޕަސަންޓް

-          އިންޓަރވިއު 40 ޕަސަންޓް

-          މަސައްކަތަށް ބޭނުން ވާ ހުނަރު 15 ޕަސަންޓް

-          ތަޖުރިބާ އާއި ތަމްރީން 15 ޕަސަންޓް

މަޤާމަށް މީހަކު ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

-          ކޮމްޕިއުޓަރ ޕްރޮގްރާމްތަކަށާއި ސޮފްޓްވެއަރ ތަކަށް ފަރިތަވުން.

މުވައްޒަފުންގެ ކަންކަމާއި ގުޅޭ މައިގަޑު ޤަވާޢިދު

-          ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011

     

30 ޖޫން 2021

30 ޖޫން 2021
ހޯދާ