މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު

01- ގެޒެޓް ކުރެވިފައިވާ މިއިދާރާގެ ނަމްބަރ (IUL)232-AG/232/2021/1 އިއުލާންގައި ސުންގަޑިއަކީ 2021 ޖުލައި 06 އަންގާރަ ދުވަހުގެ 13.00 ކަމަށް އޮޅުމަކުން ގެޒެޓްގައި ލިޔެވިފައިވާތީ، އެ އިޢުލާން ބާޠިލް ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

މިކައުންސިލް އިދާރާއަށް 15 އެގްޒެކްޓިވްޗެއަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

02- މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޖޫން 30 ބުދަ ދުވަހުން ފެށިގެން 2021 ޖުލައި 07 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން މިއިދާރާއިން ދޫކުރާ ރަޖިސްޓަރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު[email protected]  އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ބިޑާއި ބެހޭ މައުލޫމާތު ދެވޭނެއެވެ.

03- 2021 ޖުލައި 12 ވާ ހޯމަ ދުވަހުގެ 13.00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

04- މިއިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ ނަމްބަރ 6/2013 " ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު " އާއި ނަމްބަރ 18/2014 " ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު އަދި ނަމްބަރ 19/2014  " އަމިއްލަ ފަރުދުންގެ ވިޔަފާރި " ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ވެގެން ގަވާއިދުން ހިންގާ ވިޔަފާރި ތަކަށެވެ.

30 ޖޫން 2021
ހޯދާ