މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ގޯތިތެރޭގައި ޖަންކްޝަންއެއް ހަދާ ފެނަކަ ނަރުދަމާއާ ގުޅާލުމުގެ މަސައްކަތް ކުރުން.

މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު

    މ. މުލި،

   ދިވެހިރާއްޖެ.

                                                ނަންބަރު: K5C-A/2021/17

އިޢުލާން

މުލަކަތޮޅު ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ގޯތިތެރޭގައި ޖަންކްޝަންއެއް ހަދާ ފެނަކަ ނަރުދަމާއާ ގުޅާލުމުގެ މަސައްކަތް ކުރުން.

މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ގޯތި ތެރޭގައި ޖަންކްޝަންއެއް ހަދާ ފެނަކަ ނަރުދަމާއާ ގުޅާލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މިކޯޓުން ކުރި މިކޯޓުގެ ނަންބަރު: K5C-A/2021/13 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އެކަމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ގޯތި ތެރޭގައި ޖަންކްޝަންއެއް ހަދާ ފެނަކަ ނަރުދަމާއާ ގުޅާލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 07 ޖުލައި 2021 ވާ ބުދަ ދުވަހުގެ 10:00 އަށް މިކޯޓަށް ނުވަތަ މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

  • އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 15 ޖުލައި 2021
  • އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 10:00
  • އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މ. މުލީ މެޖިސްޓްރޭޓް ކޯޓު ނުވަތަ މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓު

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައިޑީ ކާޑާއެކު އެބޭފުޅަކު ތަމްސީލު ކުރައްވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭފަދަ ރަސްމީ ލިޔުމެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

29 ޖޫން 2021

29 ޖޫން 2021
ހޯދާ