މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ކޮޅުފުށިން ބަންޑާރަ ގޯތި ދޫކުރުން

މި އިޢުލާންވަނީ 30 ޖޫން 2021 12:37 ގައި ބާތިލް ކުރެވިފައެވެ.


މ.ކޮޅުފުށީގައި އެޅުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓު ޕްރޮޖެކްޓުގެ ދަށުން ގެވަޅުތަކުގައި ގެއަޅާ ފަރާތްތަކަށްވާ ޖާގަ (ސްލޮޓްތަށް) ދޫކުރުމަށްފަހު ބާކީއޮތް 33 ޖާގައަށް ގޯތި ދޫކުރުމަށް މިކައުންސިލުން ބޭނުންވެއެވެ. އެގޮތުން މިބުރުގައި ކޮޅުފުށީގެ 2 ސަރަޙައްދަކުން ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ، ގޯތި ލިބިލައްވާ ފަރާތްތަކުން 100 ހައުސިންގ ޔުނިޓު ޕްރޮޖެކްޓުގެ ދަށުން ގެއެޅުން ލާޒިމުވާނެކަމުގައި ދަންނަވަމެވެ.

މ.ކޮޅުފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު މިއިޢުލާނާއިއެކު އާއްމުކުރެވިފައި ވާނެއެވެ. ފޯމު ހުށަހަޅުއްވާއިރު، ފޯމާއިއެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ފޯމު ހުށަހެޅުއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ގޯއްޗަށް އެދިލައްވާ ފަރާތްތަކުން ރަސްމީ ބަންދު ދުވަސްތައް ފިޔަވާ، 28 ޖޫން 2021 ވާ ހޯމަދުވަހުން ފެށިގެން 12 ޖުލައި 2021 ވާ ހޯމަދުވަހުގެ ނިޔަލަށް، 9:00 އިން 12:00 އަށް، ގޯއްޗަށް އެދޭ ފޯމް ފުރުއްވައި މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ގޯއްޗަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެކަމުގައި ދަންނަވައި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖޫން 2021
ހޯދާ