ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ގައްދޫ ސިއްޙީމަރުކަޒުގެ ޑްރެސިން ރޫމްގެ ދިޔަދޮވި އަދި ސީލިން މަރާމާތުކުރުމުގެ މަސައްކަތް އަދި މަރުކަޒުގެ ބޭނުންކުރަމުންދާ ކަބަޑުތައް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

                                                ނަންބަރ: Q4-SM-IUL-2021-04

 

އިޢުލާން

ގދ.ގައްދޫ ސިއްޙީމަރުކަޒުގެ ޑްރެސިން ރޫމްގެ ދިޔަދޮވި އަދި ސީލިން މަރާމާތުކުރުމުގެ މަސައްކަތް އަދި މަރުކަޒުގެ ބޭނުންކުރަމުންދާ ކަބަޑުތައް މަރާމާތުކުރުމުގެ މަސައްކައް ކޮށްދޭނެ ފަރާތެއް ހޯދުން

      ގދ.ގައްދޫ ޞިއްޙީމަރުކަޒުގެ ޑްރެސިންރޫމްގެ ސީލިން މަރާމާތުކުރުމާއި ދިޔަދޮވި މަރާމާތުކޮށް އަދި މަރުކަޒުގެ ސައިކޮޓަރި، ނަރުހުން ޖަގަހައިގެ އަދި ޑްރެސިންރޫމްގެ ކަބަޑު މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ގދ.ގައްދޫ ސިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ތާރީޙް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (01 ޖުލައި 2021) ބުރާސްފަތި

11:00ގައި

ގދ.ގައްދޫ ސިއްޙީމަރުކަޒު

އަންދާސީ ހިސާބު ހުށަހެޅުން (05 ޖުލައި 2021) ހޯމަ

11:00ގައި

ގދ.ގައްދޫ ސިއްޙީމަރުކަޒު

 

           މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

    މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން  އެދެމެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 

     އަންދާސީ ހިސާބު ހުށައަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން އިނގޭނެ ލިޔުމަކާއިއެކު ބަދަލުގައި ފޮނުއްވާ މީހާގެ އައިޑީކާޑު ކޮޕީ ހުށައަޅަންވާނެއެވެ. މިފަދަލިއުމެއްނެތި ހުށައެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ހަމައެއާއެކު އަންދާސީ ހިސާބު ހުށައަޅުއްވާއިރު ވިޔަފާރީގެ އެންމެހާ ލިޔުންތަކެއް ބިޑް ޑޮކިއުންޓާއެކު ހުށައަޅަންވާނެއެވެ.

 ވީމާ، މިކަމަށް އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

                                18 ޒުލްޤައިދާ 1442

                                28 ޖޫން    2021

 

                                                                ފާޠިމަތު މޫސާ

                                                       ސީނިއަރ އެޑްމިނިސްޓްރޭޓަރ، ހެލްތް ސާރވިސް

28 ޖޫން 2021
ހޯދާ