ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލްގައި ބޭނުންކުރާ އެއްގަމު އުޅަނދުތައް ދޮވެސާފު ކުރުމާއި ތެޔޮޖަހާދިނުމާއި މަރާމާތު ކޮށްދިނުމުގެ މަސައްކަތްތައް

އަންދާސީ ހިސާބު ހުށަހެޅުމުގެދަޢުވަތު

މިހޮސްޕިޓަލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ހޮސްޕިޓަލްގައި ބޭނުންކުރާ އެއްގަމު އުޅަނދުތައް ދޮވެސާފު ކުރުމާއި ތެޔޮޖަހާދިނުމާއި މަރާމާތު ކޮށްދިނުމުގެ މަސައްކަތްތައް 01އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ މި މަސައްކަތްތައް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތެއް ހޯދުމަށް، މިހޮސްޕިޓަލްގެ ނަންބަރު:(IUL)FAH-A/FAH/2021/13(17 ޖޫން 2021)އާއި ގުޅިގެން އެއްވެސް ފަރާތަކުން އެކަމަށް އެދި ހުށަހަޅާފައި ނުވާތި، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުޞަޠު ހުޅުވައިލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.

 

މިއަންދާސީ ހިސާބާއި ގުޅިގެންމައުލޫމާތު ދިނުމުގެ ވަކި ބައްދަލުވުމެއް ނޯންނާނެއެވެ. އަންދާސި ހިސާބާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި ހޮސްޕިޓަލްގެ އިދާރީ ބަޔަށް ގުޅުއްވައިގެން އެ މަޢުލޫމާތެއް ސާފުކުރެއްވޭނެއެވެ.

 

މިއަންދާސީ ހިސާބާއިގުޅޭ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް ރަސްމީ ގަޑީގައި ހޮސްޕިޓަލުގެ އިދާރީ ބައިން ލިބެންހުންނާނެއެވެ.

 

މިއަންދާސީ ހިސާބު ބަލައިގަތުން އަދި ހުޅުވުން 2021 ޖުލައި08 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިހޮސްޕިޓަލްގެ މީޓިން ރޫމުގައި އޮންނާނެއެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި "ހޮސްޕިޓަލްގައި ބޭނުންކުރާ އެއްގަމު އުޅަނދުތައް ދޮވެސާފު ކުރުމާއި ތެޔޮޖަހާދިނުމާއި މަރާމާތު ކޮށްދިނުމުގެ މަސައްކަތްތައްކުރުމަށް ބޭނުންވާ އަންދާސީ ހިސާބު" މިހެންލިޔެފައި އޮންނަން ވާނެއެވެ.

ހުށަހަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް،އަންދާސީ ހިސާބާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފ.އަތޮޅު ހޮސްޕިޓަލް /ފ.ނިލަންދޫ، ދިވެހިރާއްޖެ.

 ފޯން: 6740086

 އީމެއިލް: [email protected]

28 ޖޫން 2021
ހޯދާ