ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުގޯޅިއަށް އަރާ ރުއްގަހުގެ ހިސާބު ނެގުމާގުޅޭ

މިރަށު މަހަލް ގޯތީގެ އިރުން ދެކުނަށް ކެނޑުމަށް ހަމަޖައްސާފައިވާ މަގާއި އަދި "ނިކަގަސްމަގުގެ" އިރުން ޗާންދަނީމަގާ ގުޅުވައިގެން ވޭސްޓްމެނޭޖްމަންޓް ސެންޓަރާ ހަމައަށް ކެނޑުމަށް ހަމަޖައްސާފައިވާ މަގުގައި ހުރި ރުއްގަހުގައި މިހާރުވާނީ 01 ން 111 އަށް ރަތްކުލައިގެ ދަވާދުން ނަންބަރު ޖަހާފައެވެ.

ވީމާ، އެސަރަހައްދުތަކުގައިހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު 2021 ޖުލައި 04 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 01:30 ގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. މިއިދާރާއަށް ހުށަހަޅާ ލިޔުމުގައި ރުއްގަހުގެ ވެރިފަރާތުގެ ނަމާއި އެޑްރެހާ އަދި މިއިދާރާއިން ޖަހާފައިވާ ނަންބަރު ހިމަނަންވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖޫން 2021
ހޯދާ