މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
35000 ރުފިޔާއިން ދަށުގެ މަސައްކަތްތަކާއި ކަންކަން ކުރުވުމަށް އަގުހޯދުމަށްޓަކައި އެފަދަ ފަރާތްތަކުން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

           ކައުންސިލްގެ ފަރާތުން -/35000ރ ( ތިރީސް ފަސްހާސް ރުފިޔާ ) އިން ދަށުގެ އެކިއެކި މަސައްކަތް ތަކާއި ކަންތައްތައް ކުރުވުމަށް އަގުހޯދުމަށްޓަކައި އެފަދަ ފަރާތްތަކުން މިއިދާރާގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

           މިގޮތުން، ރަޖިސްޓްރީ ކުރެވޭ ފަރާތްތަކަށް އެމަސައްކަތްތަކާއި ކަންކަން ކުރުމަށް އަގު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެ އެވެ. ރަޖިސްޓްރީ ކުރެވޭނީ ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ނާއި 219/2014 ގެ ދަށުން  ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި ތަކަށާއި އަމިއްލަ ފަރާތްތަކަށެވެ.

           ވީމާ، މިފަދަ މަސައްކަތްތަކާއި ކަންކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިދަންނަވާ މަޢުލޫމާތު ސިޓީއަކުން ނުވަތަ މެއިލްގެ ޒަރީއާއިން 30 ޖޫން 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

  • ވިޔަފާރީގެ ނަން:
  • މަސްއޫލު ފަރާތް:
  • ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ނަންބަރު:
  • ގުޅޭނެ ފޯނު ނަންބަރު:
  • އީ މެއިލް އެޑްރެސް:
23 ޖޫން 2021
ހޯދާ