މ. އަތޮޅު މަދަރުސާ، މ. ކޮޅުފުށި
ދިވެހިރާއްޖެ
މި މަދަރުސާގެ ނަމާދު ކުރާބައިގެ ނުނިމިހުރި މަސަތްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި މަދަރުސާގެ ނަމާދު ކުރާބައިގެ ނުނިމިހުރި މަސަތްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މީގެކުރިން ކުރެވުނު އިޢުލާން ބާޠިލްކޮށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

މި މަދަރުސާގެ ނަމާދު ކުރާބައިގެ ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިން ތިރީގައި މިދަންނަވާ މަސަތްކަތްތައް ކޮށްދެއްވާނެ ފަރާތްތެއް ހޯދަން ބޭނުންވެއެވެ. މަސަތްކަތަށް ބޭނުންވާނެ ބައެއް ސާމާނު ސުކޫލުން ފޯރުކޮށްދެވޭނެއެވެ. ސުކޫލުން ފޯރުކޮށްދެވޭނެ ތަކެތީގެ މައުލޫމާތު، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.

  • މަތީބެރިއެޅުމާއި ކުކުޅުވަހި ކޮޅާއި ރޭނުމަށް ބޭނުންވާ ހުރިހާ ތަނެއްރާނާނިންމުން
  • ހިޔާކުރުމާއި ގުޅުންހުރި ހުރިހާ މަސައްކަތެއްކުރުން
  • ފެންވައިރުކުރުން
  • ސިމެންތި ޖަހަންޖެހޭ ހުރިހާ ތަނެއްގައި ސިމެންތި ޖެހުން
  • ސީލިންގުކުރަންޖެހޭ ހުރިހާ ތަނެއްސީލިންގު ކުރުން
  • ތަޅުންއެޅުން
  • ދޮރުފަތްތައް ހަރުކުރުން
  • މުށިޖެހުން

 

  1. މިބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 29ޖޫން 2021 ވާ އަންގާރަ ދުވަހު 10:00 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެސްޓިމޭޓުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ. 
  2. ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  1 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މ.އަތޮޅު މަދަރުސާ / ފޯން:  7952902  /  އީ-މެއިލް: [email protected]

27 ޖޫން 2021
ހޯދާ