އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކަހެރި ކުރުމާއި ބުލީކުރުން ހުއްޓުވުމާއި ގުޅޭ .

މި އިޢުލާންވަނީ 27 ޖޫން 2021 16:13 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާނު               

އެކަހެރި ކުރުމާއި ބުލީކުރުން ހުއްޓުވުމާއި ގުޅޭ .

                     މިހާރަކަށް އައިސް ކުޑަކުދިން ކުޅިވަރުކުޅޭ ތަންތަނުގައި ވަކިވަކި ކުދިން ބައިވެރި ނުކުރުމާއި ، ވަކިކުދިން ފާހަގަކޮށް އެކުދިންނަކީ އެހެންކުދިންނާއެކު ޝާމިލްވެ ކުޅިވަރާއި އެހެނިހެން ކަންކަން ނުކުރެވޭނެ ކުދިންކަމަށް ، ވަކިކުރެވޭ ކުދިންނަށް އިޙްސާސްވާފަދަ ގޮތްތަކަށް ، ކުދިން އެކަހެރި ކުރެވެމުން ދާކަމުގެ ޝަކުވާ ބައެއް ޢާންމު ފަރާތްތަކުންނާއި ބައެއް ބެލެނިވެރިންގެ ފަރާތުން ދަނީ މިކައުންސިލަށް ލިބެމުންނެވެ. ހަމައެއާއެކު އެފަދަ ކުދިންނަށް ދަނީ ކެނޑި ނޭޅި ، އެއުމުރުފުރައިގެ ކުދިންނާއި އަދި ބޮޑެތި މީހުންގެ ފަރާތުން ބުލީކުރެވި ، އެކަމުގެ ހިތްދަތިކަން ލިބެމުންނެވެ. މިފަދަ ކަންކަމަކީ އެކަންކަމުގެ ސަބަބުން މުޖުތަމަޢުގެ ދުޅަހެޔޮކަންނެތި ،  ހެދިބޮޑުވަމުން އަންނަ ޅަފުރައިގެ ކުދިންގެ ޙައްޤުތަކާއި ހަމަހަމަކަން ގެއްލިގެން ދާނެކަމެއްކަން ކަށަވަރެވެ. މުޖުތަމަޢުއެއްގެ ބަދަހިކަން ދެމިއޮންނަނީ އެމުޖުތަމަޢުގައި ދިރިއުޅޭ އެންމެންގެ ޙައްޤުތަކާއި ރައްކާތެރިކަން ، އެންމެނަށް ކަށަވަރުކޮށްދެވިގެން ކަމަށް ވީހިނދު ، މިފަދަ ނާތަހުޒީބު ޢަމަލްތަކަށް ލޯހުޅުވި ، އަނެކާއަށް ތިމާގެފުށުން އެއްވެސް ގެއްލުމެއް ، އެއްވެސް ގޮތެއްގެ ތެރެއިން ނުލިބޭނެކަން ޔަޤީންވާ މިންވަރަށް އެމީހެއްގެ ޢަމަލްތަކާއި ބައިވެރިވުން މުޖުތަމަޢުއެއްގައި އޮންނަން ވާނެއެވެ. ބަޔާންކުރެވުނުފަދަ ޢަމަލުތަކެއްގެ ޝިކާރައަކަށް ކުއްޖަކުވެގެން ދިއުމީ ، އެފަދަ ކުއްޖެއްގެ މުޅިޙަޔާތައް އޭގެ އަސަރުފޯރައި ، ދިރިއުޅުމަކީ ވޭނެއްކަމުގައި ޤަބޫލުކުރެވި ، އާޚިރުގައި އެފަދަކުދިންގެ އަމިއްލަ ނަފްސަށް ޢިތުބާރުކެނޑި ، ނެގޭ އިޚްތިޔާރުން ބޭރު ޙަރަކާތްތަކެއްގެ ސަބަބުން ، ދުނިޔެއާ އަލްވަދާޢު ކިޔާފާނެފަދަ ހިތާމަވެރި ނިމުއް ގެނުވަފާނެފަދަ ޢަމަލްތަކެވެ.

ވީމާ . މުޖުތަމަޢުގައި ހެދިބޮޑުވަމުން އަންނަކުދިންނަށް ، އެކުދިންގެ ނަޒަރުގައި މުޖުތަމަޢުއަކީ އެކުއްޖަކަށްވެސް މުޙިއްމުތަނެއްކަމާއި ، މުޖުތަމަޢު އޭނާ ބަލައިގަންނަކަން ކަށަވަރުވާނެ ޤަބޫލުކުރުމެއްގެ ތެރޭގައި ، ކުދިންނަށް ހެދި ބޮޑުވެވޭނެ މާޙައުލެއް ޤާއިމްވެ އޮތުމުގެ އުސޫލާއި ހަމަތަކަށް ، ތަންފަހިވެފައިވާ މުޖުތަމަޢުއެއް އޮންނާނެ ގޮތަށް ، އެންމެހާ ފަރާތްތަކުގެ އަމަލްތަކާއި ބަހުރުވަ ބެހެއްޓުމަށް ، އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ. އަދި މިފަދަކަންކަމަކީ މުޅިމުޖުތަމަޢު އެކަންކަމަށް ނޫނެކޭ ބުނާ ، އެކަންކަމާ ދެކޮޅަށް ތެދުވާ ކަންކަމަށް ހެދުމަށްވެސް އިލްތިމާސްކުރަމެވެ.

17 ޛުލްޤައިދާ  1442

27  ޖޫން    2021

27 ޖޫން 2021
ހޯދާ