ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިޖްތިމާޢީ މަރުކަޒުގެ ގުދަނުގައި ހުރި އަމީދު ޖަމްޢިއްޔާގެ ތަކެއްޗާ ޙަވާލުވެ ޒިންމާވާނެ ފަރާތެއް ހޯދުމަށް

މިކައުންސިލުގެ ބެލުމުގެ ދަށުގައިވާ ހއ.މޮޅަދޫ ޢިޖްތިމާޢީ މަރުކަޒުގެ ގުދަނުގައި، އެސޯސިއޭޝަން ފޯ މޮޅަދޫ ޔޫތް ޑިވެލޮޕްމެންޓް ( އަމީދު ) (މިހާރު އުވިފައިވާ) ޖަމްޢިއްޔާގެ ތަކެތި ގުދަންކުރެވިފައި އެބަހުއްޓެވެ. އެތަކެތި ގުދަންކުރެވިފައިހުރި ތަނުން ނެރެ ގުދަން ސާފުކުރުމަށް ބޭނުންވާތީ، އެތަކެއްޗާއި ޙަވާލުވެ ޒިންމާވާނޭ ފަރާތެއް ހޯދުމަށް ކައުންސިލުން ކުރިމަސައްކަތުން އެތަކެއްޗާއި ޙަވާލުވެ ޒިންމާވާނެ ފަރާތެއް ވަނީ ނުވެފައެވެ.

ވީމާ، ދެންނެވިފައިވާ ތަކެއްޗާއި ޙަވާލުވެ ޒިންމާވާނެ ފަރާތެއްވާނަމަ 2021 ޖުލައި 5 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ތަކެއްޗާއި ޙަވާލުވެލެއްވުމަށް ދަންނަވަމެވެ.

ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ހއ.މޮޅަދޫ ޢިޖްތިމާޢީ މަރުކަޒުގެ ގުދަނުގައި ހުރި، އެސޯސިއޭޝަން ފޯ މޮޅަދޫ ޔޫތް ޑިވެލޮޕްމެންޓް ( އަމީދު ) ޖަމްޢިއްޔާގެ ތަކެއްޗާއި ޙަވާލުވެ ޒިންމާވާނެ ފަރާތެއް ނުވެއްޖެނަމަ މިތަކެއްޗަކީ ޙަވާލުވެ ޒިންމާވާނެ ފަރާތެއްނެތް ތަކެތި ކަމުގައި ބަލައި އެތަކެތި ކައުންސިލަށް ނެގޭނެ ކަމުގައި ދަންނަވަމެވެ. 

27 ޖޫން 2021
ހޯދާ