ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުގައި ބައްތިޖެހުން

 

މަގުތަކުގައި ބައްތިޖެހުން

 

ގއ ކަނޑުހުޅުދޫ ސަވޭރާގޯތީގެ ޖެހިގެން އިރުންއޮތް މަގުގައާއި ފެހިވިނަ ގޯތީގެ ޖެހިގެން ދެކުނުގައިއޮތް މަގުގައި ބައްތިޖަހައިދޭނެ  ފަރާތެއް ބޭނުންވެއްޖެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 01 ޖުލައި 2021 ވާ ބުރާސްފަތި ދުވަހު 13:30 ށް މި އިދާރާއަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު 06 ޖުލައި 2021 ވާ އަންގާރަ ދުވަހު 13:00ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މާކުސް ދޭނެ ގޮތް:

އަގަށް: %70 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)

މުއްދަތު: %30

އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

-          ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓްފިކެޓް އޮފް ރަޖިސްޓްރޭޝަން ކޮޕީ.

-          އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު 06 ޖުލައި 2021 ވަނަ ދުވަހު 13:00 އަށް މި އިދާރާއަށް ހުށަހަޅާއިރު، ހުށަހަޅުއްވާނީ އަންދާސީ ހިސާބު ހުށަހަޅާ ފޯމުންނެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި "ގއ ކަނޑުހުޅުދޫ މަގުތަކުގައި ބައްތިޖެހުން" ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައި މިވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.

 

ގއ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ކަނޑުހުޅުދޫ، ދިވެހިރާއްޖެ

 

މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.

27 ޖޫން 2021
ހޯދާ