ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލް އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

1. މި ސްކޫލްގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރު ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މި މަސައްކަތަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

   2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 1 ޖުލައި 2021 ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓްކުރުން ހުޅުވާލާފައިވަނީ 27 ޖޫން 2021 އިން 1 ޖުލައި 2021 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އަށް މެންދުރުފަހު 13:00 އަށެވެ. ނަންނޯޓްކުރަން އެދޭ ފަރާތްތަކުން މި ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ވެސް ނަންނޯޓް ކުރެވިދާނެއެވެ. މެއިލް ކުރައްވާނަމަ، ތިރީގައިވާ މަޢުލޫމާތުތައް މެއިލްގައި ހިމަނަންވާނެއެވެ.

  • ކުންފުނި/ފަރާތް
  • ނަންނޯޓްކުރާ މީހާގެ ނަން
  • ފޯން ނަމްބަރ
  • އީމެއިލް

   3. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2 ޖުލައި 2021 ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

   4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 5 ޖުލައި 2021 ވާ ހޯމަ ދުވަހުގެ މެންދުރުކުރި 11:00 ގައި މިސްކޫލްގައެވެ.

   5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތާއި ޔުނީފޯމްގެ ނަމޫނާތައް މިއިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

   6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ހަންޏާމީދޫ ސްކޫލް / އދ.ހަންޏާމީދޫ

ފޯން: 6680837

އީ-މެއިލް: [email protected]

 

20 ޛުލްޤަޢިދާ 1442

27 ޖޫން 2021
ހޯދާ