މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަޕްލަޔަރަކު ހޯދުމާގުޅޭ

އިޢުލާން

ސަޕްލަޔަރަކު ހޯދުމާގުޅޭ

            ކޮވިޑް 19 އާއި ގުޅިގެން މިކައުންސިލްގެ ފަރާތުން މާލެއިން ކުރަންޖެހޭ ކަންތައްތައް ކުރުމަށާއި ގަންނަންޖެހޭ ތަކެތި ރަށަށް ފޯރުކޮށްދޭނެ ސަޕްލަޔަރަކު ބޭނުން ވެއްޖެއެވެ.

ބޭނުންވާ ޢަދަދު: 1 ( އެކެން )

ބާވަތް: ކޮންޓްރެކްޓް އެމްޕްލޯއިމެންޓް

މުއްދަތު: 3 ( ތިނެއް ) މަސް ދުވަސް

އެލަވަންސް:  މަހަކު -/3500ރ ( ތިންހާސް ފަސްސަތޭކަ ރުފިޔާ )

ސަޕްލަޔަރގެ  މަސްއޫލިއްޔަތާއި މަސައްކަތް ކުރަންޖެހޭ ގޮތް:

  • މާލެ ސިޓީގެ ފިހާރަތަކުން އަގުބަލަންޖެހޭ ތަކެތީގެ އަގު ބެލުމުގެ މަސައްކަތް ކުރުމާއި ލިއުންތައް ކައުންސިލަށް ފޮނުވުން.
  • މާލެ ސިޓީގެ އޮފީސްތަކާއި ފިހާރަތަކުން ގަންނަންޖެހޭ ތަކެއްޗާއި ޙަވާލުވެ އެތަކެތި ކައުންސިލަށް ފޮނުވުން.
  • ރަށުގެ ރައްޔިތުންނަށް ބޭނުންވެގެން ރަށުން ނުލިބޭ ބޭސް މާލެއިން ހޯދާ، ފޮނުވައިދިނުން.
  • ޑީ. އެން. އާރު އިން ނަގަން ޙަވާލުކުރެވޭ އައި ޑީ ކާޑު ނަގައި ކައުންސިލަށް ފޮނުވުން.
  • ކައުންސިލުން މާލޭގެ އެކި އޮފީސްތަކަށް ބިޑު ހުށަހަޅަން ޖެހިއްޖެނަމަ އެކަމާބެހޭ އެންމެހައި ކަންތައް ކުރުން.
  • ބެންކު ތަކުން ހޯދަންޖެހޭ ޚިދުމަތްތަކަށް ބެންކު ތަކަށް ދިއުން.
  • މިނޫނަސް މާލެއިން ކުރަންޖެހޭ މިބާވަތުގެ އެންމެހައި ކަންތައްތައް ކުރުން  

ހުށަހަޅަންޖެހޭ ލިއުންތައް:

  • މިކަމަށް އެދި ހުށަހަޅާ ސިޓީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މިދާއިރާ އިން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިއުން.

ސަޕްލަޔަރ ހޮވުމަށް ބަލާނެ މިންގަޑުތައް

  • ތަޖުރިބާ
  •  އިންޓަރވިއު އިން އެންމެމަތިން ޕޮއިންޓް ލިބޭ ފަރާތް

ސަޕްލަޔަރ ކަމަށް އެދެންވީ ގޮތާއި ސުންގަޑި:

  • މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖޫން 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން  ނުވަތަ މެއިލް މެދުވެރި ކޮށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާ އަށް އެދޭ ލިއުންތައް އޭ މެއިލް މެދުވެރިކޮށް ފޮނުއްވާނީ  [email protected] އަށެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

  • ކުރިމަތި ލައްވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު 04 ޖުލައި 2021 އާއި 07 ޖުލައި 2021 އާ ދެމެދު މިއިދާރާގައި އޮންނާނެ އެވެ. އިންޓަވިއު އޮންނަ ދުވަހު ރަށުގައި ނުހުރެވޭ ފަރާތްތަކުން އޮންލައިންކޮށް އިންޓަވިއު ކުރެވޭނެ އެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު: 6642024 އަށް ގުޅުއްވުން އެދެމެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖޫން 2021
ހޯދާ