ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޤައުމީ ސްކައުޓް ކައުންސިލްގެ އިންތިޚާބުގެ ނޯޓިސް

މި އެސޯސިއޭޝަންގެ ހިންގާޤަވާއިދުގެ 21ވަނަ މާއްދާގެ (ހ) ގެ ދަށުން އިންތިޚާބު ކުރެވިފައިވާ ޤައުމީ ސްކައުޓް ކައުންސިލްގެ ދައުރު، 2021 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ 27ވަނަ ދުވަހު ނިމުމަކަށް އަންނާތީ، އެޤަވާޢިދުގައިވާ ގޮތުގެ މަތީން، ޤައުމީ ސްކައުޓް ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ބޭއްވޭ އިންތިޚާބު، 2021 އޯގަސްޓް 28ވަނަ ދުވަހު ބޭއްވޭ ސްކައުޓް އެސެންބްލީގެ ބައްދަލުވުމުގައި އޮންނާނެކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރަމެވެ. މި އިންތިޚާބު ކުރިއަށްދާނީ، ސްކައުޓް އެސޯސިއޭޝަންގެ ހިންގާޤަވާޢިދާއި ޤައުމީ ސްކައުޓް އެސެންބްލީން އިންތިޚާބުކުރާ މަޤާމުތަކާއި މަޤާމުތަކުގެ ޝަރުތުތަކުގެ ޤަވާޢިދު (SAM/AQ/02/2017) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

ޤައުމީ ސްކައުޓް ކައުންސިލްގެ އިންތިޚާބުގައި އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ މަޤާމުތައް ތިރީގައިއެވަނީއެވެ.

  1. ރައީސް
  2. ނާއިބުރައީސް
  3. ސްކައުޓް ލީޑަރުންގެ ތެރެއިން އިންތިޚާބުކުރާ 5 (ފަހެއް) މެންބަރުން
  4. ދާއިމީ މެންބަރުންގެ ތެރެއިން ސްކައުޓް އެސެންބްލީން އިންތިޚާބު ކުރާ (2) މެންބަރުން
  5. ޤައުމީ ޚަޒާންދާރު

ޤައުމީ ސްކައުޓް ކައުންސިލްގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ނަން ހުށަހެޅުމުގެ ފުރުޞަތު އަދި ފަހުގެ ތާރީޚެއްގައި ހުޅުވާލެވޭނެ ކަމުގައި ދަންނަވަމެވެ.

25 ޖޫން 2021
ހޯދާ