ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޤައުމީ ސްކައުޓް އެސެންބްލީގެ 2019 އަދި 2020ވަނަ އަހަރުގެ ޢާއްމު ޖަލްސާއަށް ދެންނެވުން

ޤައުމީ ސްކައުޓް އެސެންބްލީގެ  2019 އަދި 2020 ވަނަ އަހަރުގެ ޢާއްމު ޖަލްސާއަށް ޙާޟިރުވުމަށް ދަންނަވަމެވެ.

 1.     ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި

2021 އޮގަސްޓު 28 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9.30 އިން ފެށިގެން.

 2.     ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތަން:

ކޮވިޑް-19ގެ ބަލިމަޑުކަން އޮތުމާއެކު، މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިން ވަޞީލަތެއް މެދުވެރިކޮށެވެ. ޖަލްސާ ބޭއްވުމުގައި ބޭނުންކުރާނެ ވަޞީލަތުގެ ތަފްޞީލް އެސޯސިއޭޝަނުން ޢާއްމު ކުރާނެއެވެ

 3.     ޖަލްސާގެ އެޖެންޑާ

(1)   ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން

(2)   2020 ޖަނަވަރީ 24 ވަނަ ދުވަހު ބޭއްވުނު ސްކައުޓް އެސެންބްލީގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން

(3)   2019 ނޮވެންބަރު 27ވަނަ ދުވަހު ބޭއްވުނު ސްކައުޓް އެސެންބްލީގެ ޚާއްޞަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން.

(4)   2019ވަނަ އަހަރުގެ އަހަރީ ރިޕޯޓު ފާސްކުރުން

(5)   2019ވަނަ އަހަރުގެ މާލީ ހިސާބުތައް ފާސްކުރުން

(6)   2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ފާސްކުރުން

(7)   2020 ވަނަ އަހަރުގެ މާލީ ހިސާބުތައް ފާސްކުރުން

(8)   ޤައުމީ ޚަޒާންދާރުގެ މަޤާމުގެ ހުސްވުމުގެ ސަބަބުން އެމަޤާމަށް ޢައްޔަނު ކޮށްފައިވާ ފަރާތް ހިނގަމުންދާ ދައުރުގެ ނިޔަލަށް މަޤާމުގައި ދެމިހުރުމާމެދު ރުހުން ހޯދުން.

(9)   ސްކައުޓް ފަންޑުގެ ބޯޑަށް އަލަށް އައްޔަނުކޮށްފައިވާ މެންބަރުންނަށް ރުހުން ހޯދުން

(10)   ޤައުމީ ސްކައުޓް ކައުންސިލްގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ތަޢާރަފްވުން

(11)   ޤައުމީ ސްކައުޓް ކައުންސިލްގެ އިންތިޚާބު

(12)   މަންދޫބުން ޚިޔާލު ފާޅުކުރުން.

 4.     ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް

މިޖަލްސާއަށް ޙާޟިރުވެ ބައިވެރިވެވޭނީ 2020ވަނަ އަހަރުގެ ނިޔަލަށް އަހަރީ ފީ ދައްކާފައިވާ ސްކައުޓް ގުރޫޕުތަކުގެ މަންދޫބުންނަށެވެ.

 5.     ޖަލްސާއާ ގުޅުންހުރި ލިޔެކިޔުން

މިޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ލިޔެކިޔުންތައް 2021 ޖުލައި 28ގެ ނިޔަލަށް ޢާއްމު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

********************

 15 ޛުލްޤަޢިދާ 1442

25 ޖޫން    2021

25 ޖޫން 2021
ހޯދާ