މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލް އިދާރާގެ ކަންކަން ހަރުދަނާގޮތަކަށް ހިންގުމަށްޓަކައި، އިންފޯރމޭޝަން ޓެކްނޮލޮޖީ ކޮންސަލްޓަންޓަކު ހޯދުމަށް

 

ބޭނުންވާ އަދަދު: 01

 މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ކަންކަން ހަރުދަނާގޮތަކަށް ހިންގުމަށްޓަކައި، މިއިދާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން، ލަނޑުދަނޑިތައް ހާސިލުކުރުމަށް އައި.ޓީ ރޮނގުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި އެކަމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށްޓަކައި އިންފޯރމޭޝަން ޓެކްނޮލޮޖީ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  

ފެންވަރު ނުވަތަ ޝަރުޠު:

މިމަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރެންސް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

އެޕްލިކޭޝަން ހުށަހެޅުން:

ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކުން، ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވާންވާނެއެވެ. ބަދަލުގައި އަންނަ ނަމަ ހުށަހަޅާ ފަރާތުގެ ހުއްދަ ލިބިފައިވާ ކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. މިބައްދަލުވުމަށް ހާޒިރުނުވާ ފަރާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މި ބައްދަލުވުން އޮންނާނީ 05 ޖުލައި 2021 ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނު މަގު،މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށިގައެވެ.

 

އެޕްލިކޭޝަންއާއި އެކު ހުށަހަޅުއްވަން ޖެހޭ ލިޔެކިޔުން:

  • އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  • ސީ.ވީ
  • އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓް
  • މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނެ ރެފެރަންސް ލެޓަރތަކުގެ ކޮޕީ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ  

 

ކޮންސަލްޓަންޓަކު ހޮވުން:

ކޮންސަލްޓަންޓެއް ކަނޑައަޅާނީ ޝޯޓްލިސްޓްވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހުގައެވެ. މިމަޤާމަށް ހޮވޭ ފަރާތުން ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކުގެ އަސްލާއެއްގޮތްކަމުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

ނޯޓް:

  • ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާފަރާތްތަކުން ރަޖިސްޓަރ ވުމަށްޓަކައި ސީވީއާއެކު ތައުލީމީ ސެޓްފިކެޓްތައް ތިރީގައި މިދަންނަވާ މެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ. އީމެއިލް ފޮނުއްވާއިރު އިޢުލާން ނަންބަރު ޖެއްސެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. އިޢުލާން ނަންބަރު ޖައްސަވާފައިވާ ނުވާ އީމެއިލްތައް ބަލައި ނުގަނެވޭނެ ވާހަކަ ވެސް ދަންނަވަމަވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވިކަން ޔަގީންކުރަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުންނެވެ.  
  • އީމެއިލް: [email protected]
  • ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 29 ޖޫން 2021 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. ދެވިފައިވާ ގަޑީގެ ފަހުން ފޮނުވާ އެއްވެސް މެއިލްއެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.  

 

  • މިއިއުލާނާއި ގުޅިގެން ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް، މައުލޫމާތު ޝެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 01 ޖުލައި 2021 ވާ ބުދަ ދުވަހުގެ 14:00 ގައި ބީލަން ރަޖިސްޓްރީ ކުރާ ފަރާތްތައް ހިމެނޭހެން، އޮންލައިންކޮށެވެ. އަދި އެފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ލިންކް ފޮނުވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

 

  • މިއިޢުލާނާއި އެކު ޓާރމްސް އޮފް ރިފަރެންސް އެޓޭޗްކުރެވިފައިވާނެއެވެ.

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ހުށަހެޅުން އެދެމެވެ.

  • ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށް:

-          ޕްރޮކިއުމަންޓް ސެކްޝަން

-          މާލޭ ސިޓީ ކައުންސިލްގެ އިދާރާ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ / 4 ވަނަ ފަންގިފިލާ)

-          އަމީނީމަގު، މާލެ، ދިވެހިރާއްޖެ

-          ފޯން: 3323902

-          އީމެއިލް: [email protected]

24 ޖޫން 2021
ހޯދާ