ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
2022-2021 ވަނަ އަހަރު ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާ ގުޅޭ

2022-2021 ވަނަ އަހަރު ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭ

2022-2021 ވަނަ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

                  ޕްރީސްކޫލް މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

މަރުޙަލާ

އުމުރުފުރާ

އިތުރު ބަޔާން

އެލް.ކޭ.ޖީ

2021 ޑިސެންބަރ 31 އަށް 5 އަހަރު ފުރޭ ދަރިވަރުން

   ނާސަރީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 4 އަހަރު ފުރި އަދި

ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗު 2022 އާ

ހަމައަށް) 5 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ

އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް

އެލް.ކޭ.ޖީން ޖާގަ ލިބޭނެއެވެ.

މީގެ އިތުރުން ނާރސަރީ ފުރިހަމަ ކޮށްފައިނުވާ، އަލަށް ސްކޫލަށް

ވަންނަ ދަރިވަރުންގެ ތެރެއިން 1 އޮގަސްޓް 2021 އަށް 4 އަހަރު

ފުރޭ ދަރިވަރުންނަށް ވެސް އެލް.ކޭ.ޖީ އިން ޖާގަ ލިބޭނެއެވެ .

ޔޫ.ކޭ.ޖީ

2021 ޑިސެންބަރ 31 އަށް 6 އަހަރު ފުރޭ ދަރިވަރުން

2021 އޮގަސްޓު 1 އަށް 5 އަހަރު ފުރޭ ދަރިވަރުން، މިހާރު

މިހިނގާ ދިރާސީ އަހަރުގެ 2ވަނަ ޓާރމުގައި، 6 މަސްދުވަހުގެ

ޚާއްޞަ ޕްރޮގްރާމު ގައި ބައިވެރިވެފައިވާ ދަރިވަރުން، 2021-

2022 ވަނައަހަރުގެ ދިރާސީ އަހަރުގައި ޔޫ.ކޭ.ޖީ އަށް

ވައްދަންވާނެއެވެ.

-އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 5 އަހަރު ފުރި އަދި

ފެށޭ ދިރާސީ އަހަރުގެތެރޭގައި (31 މާރިޗު 2022 އާ

ހަމައަށް) 6 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ

އެދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެދަރިވަރަކަށް

ޔޫ.ކޭ.ޖީން ޖާގަ ލިބޭނެއެވެ.

 

      ވީމާ، 2021 ޖުލައި 15 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން "2021 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު،  ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު މިސްކޫލްގެ އިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް ސްކޫލްގެ އިދާރާއިން 2021 ޖޫން 27 ވާ އާދީއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                  14 ޛުލްޤައިދާ 1442

24 ޖޫން 2021
ހޯދާ