މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން
1442 ވަނަ އަހަރުގެ އަޟުޙާ ޢީދު އަދި މިނިވަން ދުވަހުގެ މުނާސަބަތުގައި 18 ޖުލައި 2021 އިން 27 ޖުލައި 2021 އަށް ސަރުކާރު ބަންދު ވުމާއިގުޅިގެން، މި އޮތޯރިޓީއާއި ބޭންކުތަށް ހުޅުވާފައި ހުންނާނީ 21 ޖުލައި 2021 ވާ ބުދަ އަދި 27 ޖުލައި 2021 ވާ އަންގާރަ މި ދެދުވަހުއެވެ. އެ ދުވަސްތަކުގައި މި އޮތޯރިޓީން ޢާންމުންނަށް ޚިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި މިދަންނަވަނީއެވެ.
- ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 08:30 އިން މެންދުރު 14:00 އަށް.
- ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 08:30 އިން މެންދުރު 14:00 އަށް.
ބޭންކިންގ ޚިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުންނެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ޖޫން 2021
ހޯދާ