ކޮޅުމަޑުލު ބުރުނީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އީގަވަރމަންޓް ނެޓްވޯކް އެޅުމަށް މަގުކޮނެ، ކޭބަލް ވަޅުލުން

                                        

 (IUL)N1-HC/2021/01:ނަންބަރ

އިޢުލާން

 

އީގަވަރމަންޓް ނެޓް ވޯކް އެޅުމަށް މަގުކޮނެ، ކޭބަލް ވަޅުލުން.

 

            މި މަރުކަޒުގައި އީގަވަރމަންޓް ނެޓްވޯކް އެޅުމަށް ކޭބަލް ވަޅުލުމަށް މަގުކޮނެ، ކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

            ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް  މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށައެޅުއްވުމަށް ތ. ބުރުނީ ޞިއްޙީމަރުކަޒަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށައެޅުން

 ޖުލައި 2021، 11:00ގައި04

08 ޖުލައި 2021، 11:00ގައި

      

       

             މިމަސައްކަތަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުންދުގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 19/2014)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

             މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. މިމަސައްކަތަށް ހުށައަޅާ އަންދާސީ ހިސާބު ހުށައަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވަންވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، އަންދާސީ ހިސާބު ހުށައަޅަން އޮންނަ ގަޑި ހަމަވުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް މިމަރުކަޒަށް ސިޓީއަކުން އަންގަވަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅުއްވާ އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ، އަންދާސީ ހިސާބުތައް ހުށައަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

             މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

23 ޖޫން 2021
ހޯދާ