މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
23 ޖޫން 2021 އިން 30 ޖޫން 2021 ގެ ނިޔަލަށް ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުން ޢަމަލުކުރަންވީ ގޮތް

އިޢްލާން

 

23 ޖޫން 2021 އިން 30 ޖޫން2021 ގެ ނިޔަލަށް ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުން ޢަމަލުކުރަންވީ ގޮތް

 

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 23 ޖޫން 2021 އިން 30 ޖޫން 2021 ގެނިޔަލަށް  ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޢަމަލުކުރަންވީ ގޮތް ތިރީގައި ބަޔާންކުރެވިފައިއެވަނީއެވެ.

1-  23 ޖޫން 2021 އިން 30 ޖޫން 2021 ގެ ނިޔަލަށް ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ހެނދުނު 8:00 އިން ހަވީރު 6:00 ގެ ނިޔަލަށް ދެވޭނީ ހަމައެކަނި ޓޭކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތެވެ.

2-  23 ޖޫން 2021 އިން 30 ޖޫން 2021 ގެނިޔަލަށް ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ހެނދުނު 6:00 އިން މެންދަމު 12:00 އަށް، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވިދާނެއެވެ.

ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ޓޭކްއަވޭގެ ޚިދުމަތް ދިނުމަށް ތަނުގައި މުވައްޒަފުން ތިބެންވާނީ، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް ފަހުއެވެ. އަދި ޕޮލިސް ޕޯޓަލް އިން ދޫކުރުމަށް ކަނޑައަޅާފައިވާ ޢަދަދަށްވުރެ އިތުރަށް ހުއްދަ ބޭނުންވާނަަމަ، ހުއްދައަށް އެދި [email protected],mv  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އަދި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރައްވަން ވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

23 ޖޫން 2021
ހޯދާ