ދިވެހިރާއްޖެ
އިޢުލާން
23 ޖޫން 2021 އިން 30 ޖޫން 2021ގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން ޢަމަލުކުރަންވީ ގޮތް
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 23 ޖޫން 2021 އިން ފެށިގެން 30 ޖޫން 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން ޢަމަލުކުރަންވީ ގޮތް ތިރީގައި ބަޔާންކުރެވިފައިއެވަނީއެވެ.
1- 23 ޖޫން 2021 އިން ފެށިގެން 30 ޖޫން 2021ގެ ނިޔަލަށް މުދާ ވިއްކާ ތަންތަން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ހެނދުނު 8:00 އިން ހަވީރު 6:00 އާ ދެމެދު އެވެ.
2- 23 ޖޫން 2021 އިން ފެށިގެން 30 ޖޫން 2021ގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން، ހެނދުނު 6:00 އިން މެންދަމު 12:00 އަށް، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވިދާނެއެވެ.
މުދާ ވިއްކާ ތަންތަން ހުޅުވައިގެން ޚިދުމަތް ދޭންވާނީ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުން، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް ފަހުއެވެ. އަދި ޕޮލިސް ޕޯޓަލް އިން ދޫކުރުމަށް ކަނޑައަޅާފައިވާ ޢަދަދަށްވުރެ އިތުރަށް ހުއްދަ ބޭނުންވާނަމަ، ހުއްދައަށް އެދި [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
އަދި މުދާ ވިއްކާ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.