ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭހަދިޔާކުރާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުމާއިގުޅޭ

                          ތެލެސީމިއާ ކުދިންނަށާއި ބަލިމީހުންނައް ލޭހޯދުމުގައި ކުރިމަތިވަމުންދާ ދަތިތައް ހައްލުކުރުމަށާއި ކުއްލި ހާލަތްތަކުގައި ލޭހޯދުމަށް ފަސޭހަ، އަވަސް އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ގޮތުން ވަންދޫގައި ލޭހަދިޔާކުރުމަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިކައުންސިލުން ކުރިޔައްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، ތެލެސީމިއާ ކުދިންނަށާއި ބަލިމީހުންނައް ލޭހަދިޔާކުރުމަށް ބޭނުންވާ ފަރާތްތަކުން ނަމާއި، އެޑްރެސް، ފޯނު ނަންބަރު އަދި ލޭގެ ގުރޫޕް އެނގޭނޭ ރަސްމީލިޔުމެއްގެ ކޮޕީ ހިމެނޭގޮތައް މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ. 

               މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

23 ޖޫން 2021
ހޯދާ