މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް އެޑްމިނިސްޓްރޭޓިވް އޮފިސަރއެއް ހޯދުމަށް

ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު H6C-A/2021/01 (15 ޖޫން 2021) ޢިއުލާނުގައި ތަޢުލީމީ ރޮނގު އަދި ގުޅޭ ވަޒީފާގެ ދާއިރާ ހިމަނާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އެމަޤާމަށް އަލުން އިޢުލާން ކުރީމެވެ. އަދި މަތީގައި ދެންނެވިފައިވާ ޢިއުލާނާއި ގުޅިގެން އެމަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ފޯމް ހުށަހަޅުއްވަން ނުޖެހޭނެކަމުގައި ދަންނަވަމެވެ.

ވަޒީފާގެ ފުރުޞަތު

ނަންބަރ: H6C-A/2021/02  

ތާރީޚް:  22 ޖޫން 2021

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް 3 

އަދަދު

01

ކުލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

-/4465

އެލަވަންސް

- ޖުޑީޝަލް އެލަވަންސް: -/893  (މުސާރައިގެ %20)

- ސަރވިސް އެލަވަންސް: -/1,500

- ލިވިންގ އެލަވަންސް: -/2,550

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

1- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް"  ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ

2- މަޤާމުގެ މަސައްކަތާއި ގުޅޭ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

އެހެނިހެން ޝަރުތު

1- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

2- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ކޯޓުގެ މުވައްޒަފަކާއި ހުރި ފަރާތެއް ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

 

 

 

 

 

 

 

 

 

 

 

 

 

  • ހަމަޖެހިފައިވާ ޢުޞޫލުން ކޯޓު ހުޅުވައި ލެއްޕުން.
  • އިދާރީ ކަންކަމާގުޅޭގޮތުންނާއި ކޯޓުގެ ޤަޟިއްޔާތަކާއި ގުޅިގެން އެހެނިހެން ކޯޓުތަކަށާއި އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީ/ މެސެޖް ލިޔެ ފޮނުވުމާއި، ފައިލް ކުރަންޖެހޭ ތަކެތި ފައިލްކުރުން.
  • އެންޓްރީތަކަށް ސުޕަވައިޒަރުގެ ލަފަޔާ އެއްގޮތަށް ފިޔަވަޅު އެޅުން.
  • ކޯޓުގެ ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުމާއި، ކޯޓަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކޯޓުގެ ތަފާސްހިސާބާގުޅޭގޮތުން ހަދަންޖެހޭ ހަފްތާ ރިޕޯޓާއި މަސްދުވަހުގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވުން.
  • އެކިއެކި ކަންކަމުގައި މަޢުލޫމާތު ސާފުކުރުމަށް ކޯޓަށް ހާޒިރުވާ ފަރާތްތަކުން ހޯދަން އެދޭ މަޢުލޫމާތު ކޯޓުގެ ގަވާއިދުތަކާ އެއްގޮތަށް ފޯރުކޮށްދިނުން.
  • ކޯޓަށް ހުށަހެޅޭ ކައިވެނިތަކާގުޅިގެން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ވަރި ކައިވެނީގެ ދަފްތަރު ބެލެހެއްޓުން.
  • މީގެ އިތުރުން ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ޙާލަތު ނިޔާކުރާގޮތުން މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރާ އިތުރު މަސައްކަތްތައް ކުރުން.

 

ތަޢުލީމީ ރޮނގު

އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ފައިނޭންސް

ގުޅޭ ވަޒީފާގެ ދާއިރާތައް

ބިޒްނަސް އެޑްމިނިސްޓެރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަވިއުއަށް ބަލައެވެ. މިގޮތުން މި ބައިތަކަށް ކަޑައެޅިފައިވަނީ:

ކޮންޕިޓެންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ(%)

ތަޢުލީމް

30%

މަސައްކަތުގެ ތަޖުރިބާ

10%

އިންޓަވިއު

50%

މަސައްކަތަށް ބޭނުންވާ ހުނަރު

10%

ހުށަހަޅަންޖެހޭ ތަކެތި

1- ފުރިހަމަ ކޮށްފައިވާ، ޝަރުއީދާއިރާގެ ވަޒީފާއަށް އެދޭ ފޯރމް.

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓުގެ ކޮޕީ އާއެކު

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި އެކު، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

6- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގެ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަ ކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާއި ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ އެކަން އެނގޭނެ ރަސްމީ ލިޔމާއެކު ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

7- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމްގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)

8- ޝަހާދާ ޘާނަވިއްޔާ ނިންމާފައިވާ ފަރާތްތަކުން ތަޢުލީމް ޙާސިލްކުރި ތަނަކުން ދޫކުރާ ސެޓްފިކެޓްގެ ޓްރާންސްލޭޝަން އެކްރެޑިޓްކޮށް ހުށަހެޅުން.

ސުންގަޑި:

30 ޖޫން 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިކޯޓުގެ ކައުންޓަރަށް ނުވަތަ މިކޯޓުގެ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

 

 

 

 

  • މިމަޤާމުގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.
  • މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިޔުމެންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަޔަށް ހުށަހަޅާފައިނުވާ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވަހަކަ ދެންނެވީމެވެ.
  • ވަޒީފާއަށް އެދޭ ފޯމް މިކޯޓުގެ ކައުންޓަރުންނާއި އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

  • ދިވެހިބަހުން ކޮންޕިއުޓަރުން ލިޔަން ފަރިތަ ފަރާތަކަށްވުން.
  • ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.
  • ގިނަވަގުތު އޮފީހުގައި މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
  • މައިކްރޯސޮޕްޓް ވޯޑް، އެކްސެލް އެކަށީގެންވާ ފެންވަރެއްގައި ބޭނުންކުރަން އެނގުން.
  • އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
22 ޖޫން 2021
ހޯދާ