ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކާއި،މަގުފަޅިތައް ސާފުކުރުނ

                   މިރަށުގައި ހުރި މީހުން ދިރިއުޅޭ ގޯތިތަކާއި، ދިރިނޫޅޭ ގޯތިތަކާއި، އަދި  އަލަށް ދޫކޮށްފައިވާ ގޯތިތަކުގައި ހިމެނޭ މަގުފަޅިތަކާއި، ވާވެފައިވާ ގޯތިތައް ނޮޅާ ސާފުކޮށް ބޭއްވުމަށް އެފަދަ ގޯތިތަކުގެ ވެރިންނާއި، ގޯތިތަކާއި ޙަވާލުވެތިއްބެވި ފަރާތްތަކަށް ހަނދުދުމަފުޅުކޮށް އަރުވަމެވެ. ގޯތިތަކާއި މަގުތައް ވާވެފައި އޮތުމަކީ ހިނގާ ބިނގާވެއުޅޭ ފަރާތްތަކާއި، އުޅަނދު ފަހަރު ދުއްވާ ފަރާތްތަކަށްވެސް ނުހަނު އުނދަގޫތަކާ ކުރިމަތި ވާނެ ކަމެކެވެ.

                 އަދި މިދުވަސްވަރަކީ މުޅި ދުނިޔޭގައިވެސް  ނުރައްކާތެރި ކުރޯނާ ވައިރަސް ފެތުރެމުންދާ ދުވަސްވަރަކަށްވެފައި އަދި ސްކޫލްތައް ބަންދުވެ ޢަޟުޙާ ޢީދު ގާތްވެފައި ވުމާއެކު ރަށަށް ޒިޔާރަތް ކުރާ މީހުންގެ ޢަދަދުވެސް އިތުރުވެފައިވާ ދުވަސްވަރެކެވެ.

                 ވިމާ،ރަށުތެރެ ސާފުތާހިރުކޮށް ރީތިކޮން ބޭއްވުމަށްޓަކާ ފަރުދީ ޒިންމާއެއް ކަމަށްދެކި ގޯތިތަކާއި، މަގުތައް  މިއަދުން ފެށިގެން 05 ޖުލައި 2021 ވަނަ ދުވަހުގެ ނިޔަލަށް ނޮޅާ ސާފުކުރުމަށާއި، އަދި، ކަންމުޑި ނާޅާ ހުރި ގޯތިތަކުގެ ކަންމުޑި އަޅާ ނިންމުމަށް ގޯތިތަކުގެ ވެރިންނާއި، އަދި، ގޯތިތަކާ ޙަވާލުވެ ތިއްބެވި ފަރާތްތަކަށް އެންގީމެވެ. 

                   މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

                11 ޛުލްޤަޢިދާ 1442

                21  ޖޫން  2021 

21 ޖޫން 2021
ހޯދާ