ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޅ. އަތޮޅު ހޮސްޕިޓަލްގެ ޑައިލަސިސް ސެންޓަރ ޤާއިމްކުރުމަށްޓަކައި ކުރަންހުރި ޢިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން.

 

ޅ. އަތޮޅު ހޮސްޕިޓަލްގެ ޑައިލަސިސް ސެންޓަރ ޤާއިމްކުރުމަށްޓަކައި ކުރަންހުރި ޢިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން.

 

         ޅ. އަތޮޅު ހޮސްޕިޓަލްގައި ޑައިލަސިސްގެ ސެންޓަރ ޤާއިމްކުރުމަށްޓަކައި، މިހޮސްޕިޓަލުން ދޭ ކުރެހުމާއި މަޢްލޫމާތާއި އެއްގޮތަށް ޢިމާރާތަށް ގެންނަންޖެހޭ ބަދަލްތައްގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.   

            ވީމާ މިމަސައްކަތަށް  ޝަވްޤުވެރިވާ  ފަރާތްތަކުން 21 ޖޫން 2021 ވާ ހޯމަ ދުވަހުން ފެށިގެން 27 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓަރީ ކުރުމަށްޓަކައި ، މިއިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓަރީ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލްގެ މެއިލް [email protected] އަށް ، އީ މެއިލް ކުރެއްވުން އެދެމެވެ.

            މި އިޢުލާނާއި ގުޅޭ މައްލޫމާތު ކަރުދާސް ރަޖިސްޓްރޭޝަން ފޯމް އަދި ބިޑް ޑޮކިޔުމަންޓްސް  އެޓޭޗްމަންޓްގައި ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.

            މި އިޢުލާނާއި ގުޅޭ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 4 ޖުލައި 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ޅ. އަތޮޅު ހޮސްޕިޓަލްގައެވެ.
            މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢްލޫމާތެއް ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ 28 ޖޫން 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢްލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6620151 އަށް ގުޅުއްވުން އެދެމެވެ. 

21 ޖޫން 2021
ހޯދާ