ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕް ހަޓްގެ ވެލްޑިން މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އުތީމު ކައުންސިލްގެ އިދާރާގެ ޕިކަޕް ބާއްވާނެ ހަޓެއް ހެދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ތިރީގައި ދެންނެވިފައިވާ ގަޑިތަކުގައި މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން މި ކައުންސިލްގެ ކޮންފަރެންސް ރޫމްގައި އޮންނާނެއެވެ.

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށަހެޅުން

29 ޖޫން 2021 (އަންގާރަ) / ގަޑި 13:00

04 ޖުލައި 2021 (އާދިއްތަ) / ގަޑި 13:00

 

 

 މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިއަށް ހާޟިރުވެ ނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާ ނަމަ ސިޓީ އަކާއިއެކު ހުށަހެޅުއްވުމަށް ވެސް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ސިޓީ އުރައެއްގައި ބަންދު ކުރުމަށް ފަހުގައެވެ. ސިޓީ އުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށައަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާ ފަރާތުގެ ނަން އޮންނަން ވާނެއެވެ.

         ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާނު ކުރީމެވެ.

21 ޖޫން 2021
ހޯދާ