ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޭނުންކުރަމުންދިޔަ ހުޅުމާލެ ފޭސް 2 ގައި ހުރި 04 ވެހިކަލް ނީލަމުގައި ވިއްކާލުމަށް ބޭނުންވެގެން

ނީލަންކިއުން

 

 

 ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޭނުންކުރަމުންދިޔަ ހުޅުމާލެ ފޭސް 2 ގައި ހުރި 04 ވެހިކަލް ނީލަމުގައި ވިއްކާލުމަށް ބޭނުންވެގެން ކުރި މިސަރވިސްގެ ނަމްބަރު 171-I2(c)/IUL/2021/09 އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ، ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް، ހުޅުމާލެ ފޭސް 2 ގައި ހުރި 04 ވެހިކަލް ނީލަމުގައި ވިއްކާލުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

1-      ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަ ބަހުންނެވެ.

2-      ނީލަން ކިއުމަށް ކަނޑައެޅިފައިވަނީ 04 ލޮޓަކަށް ބަހާލެވި ލޮޓުތަކަށް ދެވިފައިވާ އަގުތަކަށްށެވެ.

 

   ވީމާ، ޝައުގުވެރި ވެލައްވާ ފަރާތްތަކުން މި އިޢުލާނާއިއެކުގައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން އަމަލުކުރަމުން ގެންދިއުމަށް ދަންނަވަމެވެ.

21 ޖޫން 2021
ހޯދާ