މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

މިރަށު މަގުލަސްގޭގެ އުތުރުން އޮތް ހުސްބިމާއި، ހުވަނދުމާގޭ އިރުން އޮތް ހުސްބިން ހޮޓާ، ރެސްޓޯރަންޓް، ކެފޭ އަދި ފިހާރަ ފަދަ ތަންތަން ހަދައި ހިންގުމަށް ކުއްޔަށްދިނުމަށް މި ކައުންސިލުން ބޭނުންވެއެވެ.                

ވީމާ، މި ދެބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ޖަލްސާކުރާ މާލަމް

24 ޖޫން 2021

ބުރާސްފަތި

10:30

އަންދާސީ ހިސާބު ހުށަހެޅުން

ޖަލްސާކުރާ މާލަމް

30 ޖޫން 2021

ބުދަ

10:30

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ. 

17 ޖޫން 2021
ހޯދާ