މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްކިލްސް ފޮރ އަ ރިޒިލިޔެންޓް ވޯރކްފޯރސް ޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު

އިއުލާން

ސްކިލްސް ފޮރ އަ ރިޒިލިޔެންޓް ވޯރކްފޯރސް ޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު

ވާރލްޑް ބޭންކުގެ އެހީއާއިއެކު ދިވެހި ސަރުކާރުން ތަންފީޒުކުރާ MALDIVES:ENHANCING ” EMPLOYABILITY AND RESILIENCE OF YOUTH (MEERY:P163818) PROJECT" ގެ ދަށުން ކުރިޔަށް ގެންދިއުމަށް ރާވާފައި ހުރި ޕްރޮގްރާމުތަކުގެ ޓްރޭނިންގ ހިންގައިދޭނެ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު އަރުވަމެވެ. މި ޕްރޮގްރާމާއި ގުޅުން ހުރި މައުލޫމާތާއި، ޝަރުތުތަކާއި، މާކްސްދޭނެ މިންގަނޑު އިއުލާނާއެކު މިވަނީއެވެ.

            މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް އަދި މައުލޫމާތު ސެޝަންގައި ބައިވެރިވެލެއްވުމަށް 2021 ޖޫން 28 ގެ 13:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. މައުލޫމާތު ދިނުން އޮންނާނީ 2021 ޖޫން 29 ގެ 11:00 ގައި އޮންލައިންކޮށެވެ. އަދި ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް ސެޝަންގެ ލިންކް އީ-މެއިލް އިން ލިބިވަޑައިގަންނަވާނެއެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2021 ޖުލައި 04 ގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ. މައުލޫމާތު ސެޝަނުގައި ބައިވެރިވެ ނުލެއްވިޔަސް އަންދާސީހިސާބު ހުށަހެޅުއްވޭނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

20 ޖޫން 2021
ހޯދާ