ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައި.ޓީ އާ ގުޅޭ ބައެއް ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

އައި.ޓީ އާ ގުޅޭ ބައެއް ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް

 

 

މި ކައުންސިލް އިދާރާއަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުން ވެއްޖެއެވެ.

5. ކޮމްޕިއުޓަރ ސިސްޓަމް i5 ( ކޮންފިގްރޭޝަން އެޓޭޗް ކުރެވިފަ )

1. ޔޫ ޕީ އެސް 3000VA ( ކޮންފިގްރޭޝަން އެޓޭޗް ކުރެވިފަ )

1. ޔޫ ޕީ އެސް 650VA ( ކޮންފިގްރޭޝަން އެޓޭޗް ކުރެވިފަ )

1. ކަލަރ ލޭޒަރ ޕްރިންޓަރ  ( ކޮންފިގްރޭޝަން އެޓޭޗް ކުރެވިފަ )

2. މޮނޯ ޕްރިންޓަރ  ( ކޮންފިގްރޭޝަން އެޓޭޗް ކުރެވިފަ )

1. ވީޑިއޯ ކޮންފަރެންސް ސިސްޓަމް ( ކޮންފިގްރޭޝަން އެޓޭޗް ކުރެވިފަ )

1. ނެޓްވޯކް އެޓޭޗް ސްޓޯރޭޖް ( ކޮންފިގްރޭޝަން އެޓޭޗް ކުރެވިފަ )

 

ވީމާ، މަތީގައި އެވާ ތަކެތި  ( އެޓޭޗްކުރެވިފައިވާ ކޮންފިގްރޭޝަނާއި އެއްގޮތަށް ) ވިއްކުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު  ހުށަހަޅުއްވަން ވަޑައިގަންނަވާފަރާތްތަކުގެ އަންދާސީ ހިސާބު  ބަލައި ނުގަނެވޭނެއެވެ.

މިމަސައްކަތް ޙަވާލުކުރުމަށް ހަމެޖެހިފައިވަނީ ދީފައިވާ ސްޕެސިފިކޭޝަނުގައި ވާގޮތުގެމަތީން ޓެކްނިކަލް އިވެލުއޭޝަން ހެދުމަށްފަހު އޭގެތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިޢުލާންގައިމިވާ ގޫގުލް ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ސަބްމިޓް ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވިކަން 24 ޖޫން 2021 ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ޔަގީންކުރަށްވަން ވާނެއެވެ. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 24 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ.

ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަކަށްޓަކައި ދަންނަވަމެވެ. އަދި މިމަސައްކަތާއި ގުޅިގެން ޕްރީ-ބިޑް ބައްދަލުވުން ނޯންނާނެ ކަމަށް ދަންނަވަމެވެ.

ބީލަން ހުޅުވުން އޮންނާނީ 06 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކައުންސިލް އިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 24 ޖޫން 2021 ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މި ނަމްބަރަށް ގުޅުއްވައިގެން ސާފުކުރަން ވާނެއެވެ. މޯބައިލް ނަމްބަރ:  6780739. ، 7909242

ބިޑް ރެޖިސްޓްރޭޝަން ލިންކް: https://forms.gle/BVc5apdkmN9L9XYb9

ވޮރަންޓީ:

މަތީގައި ބަޔާންކުރެވިފައިވާ އައިޓަމްތަކަށް ބިޑްކުރައްވާއިރު ކޮންމެ އައިޓަމަކަށްވެސް ތިރީގައި މިބަޔާންކުރާ ވޮރަންޓީ ދޭންވާނެއެވެ.

1 އަހަރުގެ ދުވަސް (ޕާޓްސް ވޮރަންޓީ)

3 އަހަރު ދުވަސް (ސަރވިސް ވޮރަންޓީ)

            

             10 ޛުލްޤައިދާ  1442

             20 ޖޫން     2021

20 ޖޫން 2021
ހޯދާ