ދިވެހިރާއްޖެ
އިޢްލާން
ނަންބަރު: GS55/IU/2021/05 ތާރީޚް : 20 ޖޫން 2021
ކިނބިދޫ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
01 ޖުލައި 2021 އިން މީލާދީ 1 އަހަރު ދުވަހަށް، މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫންނަމްބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިޕްރޮޖެކްޓާބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖޫން 22 ވާ އާންގާރަ ދުވަހުގެ 10:00 ގައި މި ސުކޫލުގައެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2021 ޖޫން 27 2021 ވާ އާދިއްތަ ދުވަހުގެ 01:00 އެވެ. އަދި ބީލަން ހުޅުވުން އޮންނާނީ ހަމައެގަޑީ ގައި، އެސްޓިމޭޓް ހުށަހެޅި ފަތާތްތަކުގެ ހާޟިރުގައެވެ. ބީލަން ހުށަހަޅާ ފަރާތުން ނުވަތަ ބަދަލުގައި އަންނަ ފަރާތުން މިބައްދަލުވުމުގައި ބައިވެރި ވާންވާނެއެވެ. ބަދަލުގައި އަންނަ ފަރާތުން އެސްޓިމޭޓް ހުށަހަޅާ ފަރާތުގެ ސިޓީއާއި އައިޑީ ކާޑު ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ.
އިތުރު މަޢުލޫމާތު މި ސުކޫލުން ލިބިވަޑައިގަންނަވާނެއެވެ.
ފޯން: 6780098
އީ-މެ އިލް: [email protected]
10 ޒުލްޣައިދާ 1442
20 ޖޫން 2021
އަޙުމަދު ޢަބްދުﷲ
ޕްރިންސިޕަލް