ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ޕީ.ސީ.އާރު ލެބް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން.

 

 

ނަންބަރު : (IUL)ASMH-Procure/ASMH/2021/21

 

އިޢުލާން

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ޕީ.ސީ.އާރު ލެބް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން.

             ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޕީ.ސީ.އާރު ލެބް ޤާއިމްކުރުމަށްޓަކައި، މިހޮސްޕިޓަލުން ދެވޭ ކުރެހުމާއި މަޢުލޫމާތާއި އެއްގޮތަށް މަސައްކަތް ކޮށްްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

             ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ރެޖިސްޓަރ ކުރައްވަންވާނެއެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 20 ޖޫން 2021 އިން 24  ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންނެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސްތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

            އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބް ބާތިލްކުރެވޭނެއެވެ. އަދި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

އަންދާސީ ހިސާބް ހުށަހެޅުން:  29 ޖޫން 2021، ހެނދުނު 10:30 އަށް

ތަން: ޑރ. އަބދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) 

             

20 ޖޫން 2021

 

 

           އަހުމަދު ސަޢީދު

                                                              މެނޭޖަރ

20 ޖޫން 2021
ހޯދާ