ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 5 ވަނަ ޖަލްސާގެ ނިންމުން

 

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 5

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

16 ޖޫން 2021

ބައްދަލުވުން ބޭއްވި ގަޑި:

10:35

 

ނިންމުންތައް

  1. ކައުންސިލްގެ 4 ވަނަ ދައުރުގެ 5 ވަނަ އާއްމު ބައްދަލުވުމުގެ އެޖެންޑާ ހުށަހެޅިފައިވާގޮތައް ފާސްކުރެވުނު.
  2. އިޖުތިމާޢީ ސަރަހައްދުތަކުގައި ޖެހިފައިވާ މަގުބައްތިތައް އަމިއްލައަށް ދިއްލޭނޭ ނިޒާމެއް ޤާއިމްކުރުމަށް ބޭނުންވާ ތަކެތި ބަޖެޓް ތަންދޭނަމަ ހޯދުމަށާއި އަދި ހަކަތައިގެ ދާއިރާ ބަލަހައްޓާ ކައުންސިލަރުގެ ބެލުމުގެ ދަށުން މަސައްކަތައް ބޭނުންވާ ތަކެތީގެ ލިސްޓެއް 7 ދުވަހުގެ ތެރޭގައި ކައުންސިލް އިދާރާއާއި ހަވާލުކުރުމަށް ނިންމުނު.
  3. ރަށުގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމަށާއި މަސައްކަތައްބޭނުންވާ ޕްލާސްޓިކް ފިލާ ބަޖެޓް ތަންދޭނަމަ ގެނައުމަށް އަދި މިމަސައްކަތް ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް.
  4. ސިއްހީނިޒާމް ބަލަހައްޓާ ކައުންސިލަރގެ ބެލުމުގެދަށުން ބޭސްފިހާރައިގައިވާ ބޭސްތަކުގެ މައުލޫމާތު ހަފްތާއަކު އެއްފަހަރު ބެލުމަށާއި އަދި ސްޓޮކް ހުސްވާކަން ފާހަގަކުރެވިއްޖެނަމަ ކައުންސިލްގެ ސަމާލުކަމަށް ގެނައުމަށް ނިންމުނު.
  5. އިޖުތިމާޢީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމުގެ މައުލޫމާތު ޝީޓްގައި ފުޓްސަލްދަނޑު ހިމެނޭ ސަރަހައްދުގައިވާ ވިނަ ހިންގަން ދަތިނުވާނޭހެން ކޮށުމަށާއި ސަހަރާ ސާފުކުރުމުގައި ކުދި ވިނަގަސްތައް ފިޔަވައި ދެންހުރި ވިނަގަސް އުފުރުން ހިމެނުމަށާއި އައިސްޕްލާންޓް ބިމުގެ ދެކުނުން ބިންދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ބިންދޫކުރުމާއި ހަމައަށް ސާފުކުރުމަށް ހިމެނުމަށާއި މަގުތައް ހަމައަށް ދެބައިކޮށް ދެފަރާތުން ސާފުކުރާނޭ އުސޫލު އިތުރުކޮށް ފާސްކުރެވުނު.

 

 

 

އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

16 ޖޫން 2021
ހޯދާ