ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ރީޖަނަލް ކޮވިޑް ފެސިލިޓީ ޒޯން 1 ގައި އެނދުމަތިކޮށްގެން ފަރުވާދޭ ބަލިމީހުންގެ ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

އިޢުލާން

މި ހޮސްޕިޓަލްގައި ޤާއިމުކުރެވިފައިވާ ރީޖަނަލް ކޮވިޑް ފެސިލިޓީ ޒޯން 1 ގައި އެނދުމަތިކޮށްގެން ފަރުވާދޭ ބަލިމީހުންގެ ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ:

              ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކުރެވިފައިވާ ރީޖަނަލް ކޮވިޑް ފެސިލިޓީ ޒޯން 1 ގައި އެނދުމަތިކޮށްގެން ފަރުވާދޭ ބަލިމީހުންގެ ކެއުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް 23 މެއި 2021 ގައި ކުރެވުނު  ނަންބަރު: (IUL)SH-FAH-PL/2021/24 އިއުލާނާއިގުޅޭ މަސައްކަތުގެ މައުލޫމާތު ޝީޓުގައި ބައެއް މައުލޫމާތުތައް ހިމެނިފައިނުވާތީ އެއިއުލާން ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ.

         މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 16 ޖޫން 2021 ވާ ބުދަ ދުވަހުން ފެށިގެން 27 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ  މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 ޖޫން 2021 ވާ ހޯމަ ދުވަހުގެ 13:00 ގައި ށ. އަތޮޅު ހޮސްޕިޓަލްގައެވެ.          

          މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 27 ޖޫން 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން [email protected]   އަށް މެއިލް ކުރެއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6540208 އަށް ގުޅުއްވުންއެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

 

16 ޖޫން 2021
ހޯދާ