އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ޕަމްޕް ސްޓޭޝަން ހޮޅިލައިންގެ ބައެއް ޔޫ.ޕީ.ވީ.ސީ އިން މަރާމާތުކުރުން

  1. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ޕަމްޕް ސްޓޭޝަން ހޮޅިލައިންގެ ބައެއް މަރާމާތުކުރުމަށް އަމިއްލަ ތަކެތީގައި ހޮޅިލައިން ދަގަނޑުން ފަރުމާކޮށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ  ކުރެވުނު ނަންބަރު: (IUL)AEH/AEH/2021/17 އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހެޅުމަށް ހާޞިރުވެފައިނުވާތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް ޕަމްޕް ސްޓޭޝަންގެ ހޮޅިލައިން ޔޫ.ޕީ.ވީ.ސީ އިން ފަރުކޮމާކޮށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
  2. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޖޫން 2021 އިން ފެށިގެން 21 ޖޫން 2021 ވާ ދުވަހުގެ  13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
  3. މި ޢިއުލާނާއި އެކު މަޢުލޫމާތު ޝީޓް، އެނެކްސް 1، އަގު ހުށަހަޅާ ފޯމް އަދި ރެޖިސްޓްރޭޝަން ފޯމް ގެޒެޓް ކުރެވިފައިވާނެއެވެ.
  4. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 21 ޖޫން 2021 ވާ ދުވަހުގެ 14:15ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ.
  5. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 23 ޖޫން 2021 ވާ ދުވަހުގެ 13:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

15 ޖޫން 2021
ހޯދާ