ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމައްޓަކައި ދޫކުރެވިފައިވާ ބަންޑާރަ ބިމާއި / ގޯއްޗަށްވާ މަގު ސާފުކުރަން އެންގުން

އިޢުލާން

 

ދިރިއުޅުމައްޓަކައި ދޫކުރެވިފައިވާ ބަންޑާރަ ބިމާއި/ގޯއްޗަށްވާ މަގު ސާފުކުރަން އެންގުން:

 

            ދިރިއުޅުމައްޓަކައި ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗާއި އިންވެގެންވާ މަގުތައް ސާފުކޮށް ނުބެލެހެއްޓުމުގެ ސަބަބުން ބައެއް މަގުތަށް ވަނީ ވަރަން ބޮޑަށް ވާވެފައެވެ. މިގޮތަށް މަގުތަށް އޮތުމަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަދުފަހަރު ދުއްވާ ފަރާތްތަކަށްވެސް ނުހަނު އުނދަގޫތަކާއި ކުރިމަތިވާނެ ކަމެކެވެ. ވީމާ، ރަށުތެރެ ސާފު ރީތިތަނެއްގެ ގޮތުގައި ބެލެހެއްޓުމަކީ އެންމެހާ ރައްޔިތުންގެވެސް ފަރުދީ ޒިންމާއެއްކަމަށްދެކި، ބިމާ/ގޯތި ހަވާލުކުރެވިފައިވާ ފަރާތްތަކުން ގޯއްޗާއި އިންވެގެން އޮންނަ މަގު، ގޯތީގެ އިމުންފެށިގެން ގޯތީގެ އެތެރެއަށް  3 ފޫޓް ހުންނަވަރަށް، 27 ޖޫން 2021 ވަނަ ދުވަހުގެ ކުރިން ސާފުކުރުމަށް އަންގަމެވެ.

            މިހެންވެމިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

15 ޖޫން 2021
ހޯދާ