އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އދ. ފެންފުށީ ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އދ. މާމިގިލީ ޞިއްޙީމަރުކަޒުގެ ލެބޯޓްރީއަށް ގެންދިއުމާއި، ކެރިއަރ އަނބުރާ ގެންގޮސްދޭނެ ފަރާތެއް ހޯދުން.

އދ. ފެންފުށީ ޞިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް އދ. މާމިގިލީ ޞިއްޙީމަރުކަޒުގެ ލެބޯޓްރީއަށް ގެންދިއުމާއި، ކެރިއަރ އަނބުރާ ގެންގޮސްދޭނެ ފަރާތެއް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 15 ޖޫން 2021 ވާ އަންގާރަ ދުވަހުން ފެށިގެން 23 ޖޫން 2021 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:30 ގެ ނިޔަލަށް، މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު [email protected]  ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 23 ޖޫން 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.    

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ޖޫން  2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އދ. ފެންފުށީ ޞިއްޙީމަރުކަޒު ނުވަތަ އދ. މާމިގިލީ ޞިއްޙީމަރުކަޒު ނުވަތަ އދ. އަތޮޅު ހޮސްޕިޓަލު ގައެވެ. ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

15 ޖޫން 2021
ހޯދާ